އަހަރު ނިމުމާ ދިމާކޮށް ދިރާގުން ބޯނަސް ތިން ޕްރޮމޯޝަނެއް

އަހަރު ނިމުމާ ދިމާކޮށް ދިރާގުން ވަނީ ބޯނަސް ތިން ޕްރޮމޯޝަނެއް ފަށައިފަ -- ފޮޓޯ: ދިރާގު

އަހަރު ނިމުމާ ދިމާކޮށް ދިރާގުން ބޯނަސް ތިން ޕްރޮމޯޝަނެއް ފަށައިފިއެވެ.

'އިޔާ އެންޑް ޕްރޮމޯޝަން'ގެ ދަށުން ހައިސްޕީޑް ފައިބާ ބްރޯޑްބޭންޑްގެ ހިދުމަތް ގެއަށް އެޕްލައި ކުރާ ކަސްޓަމަރުންނަށް ވަރަށް އަގުހުރި ފުރުސަތެއް ލިބިގެންދެއެވެ.

އެގޮތުން ފްރީ ސެޓްއަޕް އަދި ހިދުމަތަށް ބޭނުންވާ ހާއްސަ ވޮރެންޓީން 50 ޕަސެންޓް ޑިސްކައުންޓް ދިނުމަށް ހަމަޖެހިފައިވެއެވެ.

މީގެ އިތުރުން ދިރާގު ޓީވީ އަށް އެޕްލައި ކުރާ ކަސްޓަމަރުންނަށް ވަރަށް ހާއްސަ ޕްރޮމޯޝަނެއް ކުރިއަށް ގެންދާނެއެވެ.

އެ ފަރާތްތަކަށް ޕްރީ ސެޓްއަޕް އަދި ފްރީ ޖޮއިބޮކްސް ލިބޭނެއެވެ.

ދިރާގު ޖޮއިބޮކްސްއަކީ މިހާރުވެސް 4ކޭ ޗެނަލްތައް ބަލާލެވޭ ޖޮއިބޮކްސްއެކެވެ. ޖޮއިބޮކްސް ތައްޔާރު ކޮށްފަ ހުރި ގޮތުން، ދޭތެރެ ދޭތެރެއިން ޖޮއިބޮކްސް ބަދަލު ކުރާކަށް އަދި އަޕްޑޭޓް ކުރާކަށް ނުޖެހެއެވެ. އަދި ފަހުގެ އެޕްތައްވެސް ބޭނުންކުރެވެއެވެ.

ތިން ވަނަ ޕްރޮމޯޝަނަކީ ދިރާގު މޯބައިލް ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށާއި އަމިއްލަ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެކެވެ.

އެގޮތުން އެފަރާތްތަކުގެ ތެރެއިން 500 ރުފިޔާ އަށްވުރެ ދަށުގެ ޕެކޭޖެއް ނަގާ މީހުނަށް، ތިން މަސް ވަންދެން ކޮންމެ މަހަކު ޕްކޭޖް ޑޭޓާގެ އިތުރުން 1 ޖީބީ ހިލޭ ލިބޭނެއެވެ.

ފަސް ސަތޭކަ ރުފިޔާއަށްވުރެ މަތީގެ ޕެކޭޖް ނަގާނަމަ ތިން މަސް ވަންދެން ކޮންމެ މަހަކު ތިން ޖީބީ ހިލޭ ލިބޭނެއެވެ.

އިއްޔެ ފެށުނު މި ޕްރޮމޯޝަން މި މަހުގެ ނިޔަލަށް ކުރިއަށް ދާނެއެވެ.

ދިރާގު ޓީވީ ޕްރޮމޯޝަނަކީ މިހާރުވެސް ކުރިއަށް ދާ ޕްރޮމޯޝަނެއް ނަމަވެސް މި ޕްރޮމޯޝަނަށް ކަސްޓަމަރުންގެ މަގްބޫލުކަން އިތުރުވުމާ ގުޅިގެން، އަހަރު ނިމޭ ޕްރޮމޯޝަންގެ ތެރޭގައި ހިމަނައި، މުއްދަތު އިތުރު ކުރީއެވެ.

comment ކޮމެންޓް