ލަންޑަންގެ "ބިގް ބެން" ޓަވަރަށް ވުރެ ދެގުނަ ބޮޑު ގިނިހިލައެއް ދުނިޔެ ކައިރިން މިއަދު ދަތުރުކުރަނީ!

ހަތަރު ސަތޭކަ ތިރީސް ފޫޓުގެ ބޮޑު ގިނަހިލައެއް ދުނިޔެއާ ދިމާއަށް މިސްރާބުޖަހާފައިވާ ކަމަށް ނާސާއިން ބުނެފިއެވެ. އަދި ދުނިޔެއާ ވަރަށް ކައިރިން ގިނިހިލަ ދަތުރުކުރާނެ ކަމަށް ލަފާކޮށް ނާސާއިން ވަނީ ނުރައްކާތެރިކަމުގެ ސިގްނަލެއް ދީފައެވެ.

ޖައްވީ ދިރާސާތައް ކުރައްވާ ސައިންސްވެރިން ކުރައްވާފައިވާ ދިރާސާތަކުން ދެއްކި ގޮތުގައި މި ގިނިހިލައަކީ ގާތްގަނޑަކަށް "ބްލެކް ޕޫލް" ޓަވަރުގެ އުސްމިން ހުރި، "ބިގް ބެން" ޓަވަރަށްވުރެ ދެގުނަ ބޮޑު ގިނިހިލައެކެވެ. ދުނިޔެއާ މާ ކައިރިން މި ގިނިހިލަ ދަތުރުކޮށްފިނަމަ ދުނިޔެއަށް ނުރައްކާވެދާނެ ކަމުގެ އިންޒާރުވެސް ސައިންސްވެރިން ވަނީ ދީފައެވެ.

އަދި ސައިންސްވެރިން ގިނިހިލަ އާ ބެހޭގޮތުން ކުރި ދިރާސާތަކުން ދެއްކި ގޮތުގައި މި ގިނިހިލައަކީ މީގެ ކުރިން ޓެސްޓްކޮށްފައިވާ ނިއުކްލިއާ ބޮމަށްވުރެ 1.5 ގުނަ ބާރުގަދަ ގިނިހިލައެކެވެ.

އަދި ސައިންސްވެރިން ބުނާ ގޮތުގައި މާސިންގާ ބޮޑު މި ގިނިހިލައަކީ 1994 ވަނަ އަހަރު ނޮވެންބަރު މަހުގެ 28 ވަނަ ދުވަހު އެމެރިކާގެ ސައިންސްވެރިޔާ ކެރޮލީން ޝޯމެކަރ ވަރަށް ގާތުން ބަލައި ދިރާސާކޮށްފައިވަ ގިނިހިލައެކެވެ. އެ އަހަރުވެސް ދިރާސާތައް ކުރެވުނީ ދުނިޔެއާ ދިމާލަށް މި ގިނިހިލައިގެ މިސްރާބު ހުރުމުން ކަމަށް ސައިންސްވެެރިން ވަނީ ބުނެފައެވެ. އަދި މިކަމާ ގުޅިގެން ސައިންސްވެރިން ވަނީ މި ގިނިހިލައަށް 1994 WR12 ގެ ނަަމުން ނަން ދީފައެވެ.

އަދި މިއަދު މި ގިނިހިލަ ދުނިޔެ ކައިރިން ދަތުރުކުރާނެ ކަމަށް ސައިންސްވެރިން ލަފާކުރަނީ ދުނިޔެއާ 3.8 މިލިއަން މޭލު ދުރުމިނުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު