ޕްރިޔަންކާއާއި ނިކް ހަމަ ވަކިވަނީތަ؟ އިންސްޓަގްރާމްގަ ޕްރިޔަންކާގެ ނަން ވެސްް ބަދަލުކޮށްފި!

ބޮލީވުޑްގެ މަޝްހޫރު ފިލްމީތަރި ޕްރިޔަންކާއާއި ހޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ނިކް ޖޯނަސް ވަރިވާން އުޅޭކަމަށް ދެކެވޭ ވާހަކަތަކަށް ބާރު ލިއްބައިދޭ ހެއްކެއް ޕްރިޔަންކާ ވަނީ ހިއްސާކޮށްފައެެވެ. އެކަމަކީ މީސްމީޑިއާގައި އޭނާގެ އެކައުންޓްތަކުގައި ނަން ބަދަލުކުރުމެވެ. އެގޮތުން ކުރީގައި "ޕްރިޔަންކާ ޗޯޕްރާ ޖޯނަސް"ގެ ނަމުން އެކައުންޓުތަކަށް ނަން ދީފައިވާއިރު އެނަން ވަނީ ހަމައެކަނި "ޕްރިޔަންކާ"އަށް ބަދަލުކޮށްފައެވެ.

ނަމަވެސް އިންސްޓަގްރާމްގައި ނިކް ފޮޓޯއެއް ޕޯސްޓްކުރުމާއެކު ޕްރިޔަންކާ ވަނީ އެ ފޮޓޯއަށް ކޮމެންޓްކޮށް, ދެމީހުންގެ ގުޅުން ރަނގަޅުކަން ފޭނުންނަށް އަންގައިދީފައެވެ.

ޕްރިޔަންކާއާއި ނިކް ވަކިވިކަމަށް ވާހަކަ ދެކެވިފައިވަނީ ދެމީހުން ކުރަނީ ތަފާތު މަސައްކަތްތަކަށްވެފައި ދެމީހުންނަށް ވަކިން އުޅެން ޖެހުމާއި ދެމީހުން އެކުގައި ހޭދަކޮށްލަން ވަގުތު ނުލިބޭތީކަމަށް އިންޑިއާގެ ނޫސްތަކުން ބުނެއެވެ. ނަމަވެސް މިއަހަރުގެ ކުރީ ކޮޅުގައި ޕްރިޔަންކާ ދިން އިންޓަވިއުއްގައި އޭނާ ވަނީ ދުރުގައި ތިބެގެންވެސް އޭނާއާއި ނިކް ގުޅުން ރަނގަޅު ކުރުމަށް ގެންގުޅޭ އުކުޅުތައް ހިއްސާކޮށްފައެވެ.

އެ އިންޓަވިއުގައި ބުނެފައިވާގޮތުން ޕްރިޔަންކާއާއި ނިކް ދިމާވަނީ ކޮންމެ ތިން ހަފުތާއަކު އެއް ފަހަރެވެ. އަދި ބުނެފައިވަނީ ދެމީހުން ދުނިޔޭގެ ކޮންމެ ތަނެއްގައި އުޅުނަސް, ކިތަންމެ ދުރުގައި އުޅުނަސް ކޮންމެ މަހެއްގައިވެސް ދެ ދުވަހަށް ނަމަވެސް ބައްދަލުވާނެ ކަމަށެވެ. އަދި އޭނާ ބުނެފައިވަނީ އެއީ ކައިވެނީގައި އެމީހުން ގެންގުޅޭ އުސޫލުކަމަށާއި ނޫންނަމަ ދެމީހުން އުޅެން ޖެހޭނީ އެކަކު އަނެކަކަށް ނުފެނި ކަމަށެވެ.

އެ އިންޓަވިއުގައި އޭނާ ވަނީ ދެމީހުން ދިމާވެ, އެންގޭޖްވީ ދިމާވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކަންވެސް ފާހަގަކޮށްފައެވެ. އެގޮތުން ދެ މީހުން ދިމާވިފަހުން ދެ މަހުގެ ތެރޭގައި 2018 ވަނަ އަހަރު ޕްރިޔަންކާއާއި ނިކް ކައިވެނި ކޮށްފައިވާއިރު އެއީ ޕްރިޔަންކާ އުންމީދުކޮށްގެން ހުރި ކަމަކަށްވީ ނަަމަވެސް އަވަހަށް ވާނޭ ކަމަކަށް ގަބޫލުކުރި ކަމެއް ނޫންކަން އޭނާ ވަނީ ބުނެފައެވެ.

ނަމަވެސް ޕްރިޔަންކާ ކައިވެނީގެ ފަހުން މީސްމީޑިއާގައި އޭނާގެ ހުރިހާ އެކައުންޓެއްގެ ނަމުގައި ނިކް ނުވަތަ ޖޯނަސް ހިމަނާފައިވާއިރު މިހާރު ވަނީ އެ ނަންނަން އެކައުންޓުގެ ނަމުން ފުހެލާފައެވެ. މިކަމުގެ ސަބަބުން ގިނަ ބަޔަކު ދަނީ ދެމީހުންގެ ގުޅުމަށް ވީ ކިހިނެއްތޯ ސުވާލު އުފައްދަމުންނެވެ.

comment ކޮމެންޓް