އޯލެވެލްގެ އެންމެ މޮޅު ނަތީޖާ މިފަހަރު ވެސް އަހްމަދިއްޔާއިން!

އަހްމަދިއްޔާއިން އޯލެވެލްގެ ރަންވަނަ ހާސިލުކުރި ބައެއް ދަރިވަރުން -- ފޮޓޯ/ އަހްމަދިއްޔާ އިންޓާނޭޝަނަލް ސުކޫލް

އަހުމަދިއްޔާ އިންޓާނޭޝަނަލް ސުކޫލަކީ އޯލެވެލްގައި އަބަދުވެސް ރަންވަނަތަކެއް ހާސިލުކުރާ ސުކޫލެކެވެ. ދަރިވަރުންނަށް ކިޔެވުމަށް ބާރު އަޅާ، ނަތީޖާ ހާސިލު ކުރުމުގައި ނަމޫނާ ސުކޫލެކެވެ.

ދެހާސްނަވާރަވަނަ އަހަރުގެ އޯލެވެލް އިމްތިހާނުގައި ވެސް އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލަށް ވަނީ ރަންވަނަ ތަކެއް ލިބިފައެވެ.

އެގޮތުން، އޯލެވެލްގެ ގަދަ 10ގައި އެންމެ ގިނަ އަދަދަކަށް ދަރިވަރުން ހިމެނިފައިވަނީ އަޙްމަދިއްޔާއިންނެވެ. އެ އަހަރު މުޅި ރާއްޖެއިން އިމްތިހާން ހެދި ދަރިވަރުންގެ ތެރެއިން އަޙްމަދިއްޔާއިން ގަދަ 10 ގައި 50 ދަރިވަރުން ހިމެނިފައިވެއެވެ.

ގަދަ 10އަކަށް ހޮވުނު ދަރިވަރުންނަށް އެވޯޑު ދިނުން އޮތީ އަމީނިއްޔާ ސްކޫލުގައި މިދިޔަ ބުރާސްފަތި ދުވަހުގެރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

ރާއްޖޭގެ ގަދަ 10ގައި އަޙްމަދިއްޔާގެ 50 ދަރިވަރުން ހިމެނުނު އިރު އަޙްމަދިއްޔާގެ ތިން ދަރިވަރަކު ވަނީ އަށް މާއްދާއިން "އޭ ސްޓާރ" ހާސިލުކޮށް ރާއްޖޭގެ އެއްވަނަ ހޯދާފައެވެ. މިއީ އެއް ސްކޫލަކުން އެންމެ ގިނަ ދަރިވަރުން އެއްވަނަ ހޯދި ސްކޫލް ވެސް މެއެވެ.

އަހްމަދިއްޔާ ސުކޫލުގެ ދަރިވަރުންގެ ތެރެއިން ގަދަ 10އިން އެއްވަނަ ހޯދި ދަރިވަރުންނަކީ،

1. ޢައިޝަތު ޝައިބާން 10އޭ

2. ފާޠިމަތު ޝާހާ ޙުސައިން 10އޭ

3. މަރިޔަމް ލައިސާ ޙުސައިން ޙަމީދު 10އޭ

ރާއްޖޭގެ ގަދަ ދިހައެއްގެ އެއްވަނައަށް އަހްމަދިއްޔާގެ ތިން ދަރިވަރުން ވަނީ ހޮވިފައެވެ. އަދި މީގެ އިތުރުން ދުނިޔޭގެ ގަދަ 10އަށް އަޙްމަދިއްޔާގެ ތިން ދަރިވަރަކުވަނީ ހޮވިފައެވެ.

1. ރީއާ ޙުސައިން ފާއިޒު 10 ސީ (ބިޒިނަސް ސްޓަޑީޒް އިން މުޅި ދުނިޔެއިން 1 ވަނަ އަދި އިންގްލިޝް އޭސް އަ ސެކްންޑް ލޭންގްއޭޖް އިން މުޅި ދުނިޔެއިން 10 ވަނަ)

2. އަހްލާ ޢަލީ 10ސީ (އެކައުންޓިންގ އިން މުޅި ދުނިޔެއިން 6 ވަނަ)،

3. ފާޠިމަތު ޝާހާ ޙުސައިން 10 އޭ (އެކައުންޓިންގ އިން މުޅި ދުނިޔެއިން 1 ވަނަ) އެވެ.

މީގެ އިތުރުން، އެކިއެކި މާއްދާތަކުން މުޅި ރާއްޖެއިން އެއްވަނަ މަގާމް އަޙްމަދިއްޔާގެ ގިނަ ދަރިވަރުން ވަނީ ހޯދާފައެވެ. އޭގެ ތެރޭގައި ހިމެނެނީ،

1. ފާޠިމަތު ޝާހާ ޙުސައިން (އެކައުންޓިންގ އިން މުޅި ރާއްޖެއިން 1 ވަނަ )

2. އަހްލާ ޢަލީ (އެކައުންޓިންގ އިން މުޅި ރާއްޖެއިން 1 ވަނަ)

3. ރީއާ ޙުސައިން ފާއިޒު ( ބިޒިނަސް ސްޓަޑީޒް އިންނާއި އިންގްލިޝް އޭސް އަ ސެކަންޑް ލޭންގްއޭޖް އިން މުޅި ރާއްޖެއިން 1 ވަނަ )

4. އަޙްމަދު ސާމް ޢަބްދުﷲ ނާފިޒު 10ޑީ (އިސްލާމުން މުޅި ރާއްޖެއިން 1 ވަނަ)

5. އައިނީ އިބްރާހީމް މަނިކު 10 އޭ (ހިސާބުން މުޅި ރާއްޖެއިންވެސް 1 ވަނަ)

ވޭތުވެދިޔަ 18އަހަރުގެ އޯލެވެލް ތަފާސް ހިސާބުތަކަށް ބަލާލާއިރު އޯލެވެލްގެ ވަރަށް ކުލަގަދަ ކާމިޔާބީތަކެއް އަޙްމަދިއްޔާއިން ވަނީ ހޯދާފައެވެ.

comment ކޮމެންޓް