ބީއެމްއެލްއިން ދަނގެތީގައި އޭޓީއެމް ސެންޓަރެއް ހުޅުވައިފި

ބޭންކް އޮފް މޯލްޑިވްސްއިން އދ. ދަގެނތީގައި ސެލްފް ސާވިސް ބޭކިންގެ ހިދުމަތް ލިބޭ އޭޓީއެމްއެއް ހުޅުވައިފި -- ފޮޓޯ / ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސްއިން އދ. ދަނގެތީގައި ސެލްފް ސާވިސް ބޭންކިންގެ ހިދުމަތް ލިބޭ އޭޓީއެމްއެއް ހުޅުވައިފިއެވެ.

މިއީ ބީއެމްއެލްއިން މުޅި ރާއްޖެއަށް ބޭންކިންގެ ހިދުމަތް ފުޅާ ކުރުމަށް ކުރަމުންދާ އިންވެސްޓްމެންޓްގެ ދަށުން ހުޅުވުނު ސެންޓަރެކެވެ.

އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް މި އޭޓީއެމް މެދުވެރިކޮށް 24 ގަޑިއިރު ހިދުމަތް ލިބިގެން ދާނެއެވެ. ބީއެމްއެލްގެ އެހެން އޭޓީއެމް ތަކެކޭ އެއްފަދައިން ފައިސާ ޖަމާކުރުމާއި ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބެން ހުންނާނެއެވެ.

މިކަމާ ގުޅިގެން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ މި އޭޓީއެމް އާ އެކު ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ސެލްފް ސާވިސް ބޭންކިންގެ ހިދުމަތް ފުޅާ ކުރެވިގެންދާ ކަމީ އެބޭފުޅުންނަށް ލިބޭ އުފަލެއް ކަމަށެވެ.

ބޭންކް އޮފް މޯލްޑިވްސްއިން އދ. ދަގެނތީގައި ސެލްފް ސާވިސް ބޭކިންގެ ހިދުމަތް ލިބޭ އޭޓީއެމްއެއް ހުޅުވައިފި --- ފޮޓޯ / ބީއެމްއެލް

"ބޭންކުން މިހާރުވެސް އދ. އަތޮޅުގެ ހަތަރު ރަށެއްގައި، ދަނގެތި، ދިގުރަށް، މަހިބަދޫ އަދި މާމިގިލީގައި ހުންނަ އޭޓީއެމް ސެންޓަރުތައް މެދުވެރިކޮށް ފަސޭހަކަމާއެކު ބޭންކިން ހިދުމަތް މިދަނީ ފޯރުކޮށްދެމުން،" އޭނާ ވިދާޅުވިއެވެ.

ބީއެމްއެލްއިން ދާދި ފަހުން ވަނީ މަހިބަދޫގައި އަލަށް ހުޅުވި ސެލްފް ސާވިސް ބޭންކިން ސެންޓަރު އަޕްގްރޭޑްކޮށް އަލުން ހުޅުވާފައެވެ.

ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އެންމެހާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ. އެގޮތުން، މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިޔުގައަކާ އެކު މިހާތަނަށް 20 އަތޮޅުގައި 35 ބްރާންޗު ވަނީ ހުޅުވާފައެވެ. އަދި 75 ސެލްފް ސާވިސް ބޭންކިން ސެންޓަރުގެ އިތުރުން 135 އޭޓިމްއާ 200އަށްވުރެ ގިނަ ކޭޝް އެޖެންޓުން ހިމެނޭހެން އެންމެ ޒަމާނީ އޮންލައިން ބޭންކިންގެ ހިދުމަތްތައް ބީއެމްއެލްއިން އަންނަނީ ފޯރުކޮށްދެމުންނެވެ.

comment ކޮމެންޓް