ހޮލީވުޑްގެ ފިލްމީތަރި ހީތް ފްރީމަން މަރުވެއްޖެ!

ހީތު ފްރީމަން

ހޮލީވުޑްގެ މަޝްހޫރު ފިލްމީތަރި ހީތް ފްރީމަން މަރުވެއްޖެއެވެ. ދެހާހުގެ އަހަރުތަކުގައި ނެރުނު ގިނަ ޑްރާމާތަކުންނާއި ސީރީސްތަކުން ފެނުނު ހީތް މަރުވެފައިވަނީ އޭނާގެ އުމުރުން 41 އަހަރުގައެވެ.

ހީތްގެ މެނޭޖަރ ބުނިގޮތުގައި އޭނާގެ އެ ކުއްލި ވަކިވެދިޔުމަކީ ލިބުނު ވަރަށް ބޮޑު ހިތާމައެއްކަމަށެވެ. ހީތަކީ ވަރަށް ވިސްނުންތޫނު އަޚުލާގު ރަނގަޅު އެހެންމީހުންނާ ގުޅޭ މީހެެއްގެ ގޮތުގައި އޭނާ ވަނީ ފާހަގަކޮށްފައެވެ. އަދި އޭނާގެ ދިރިއުޅުން ބިނާވެފައިވީ އޭނާގެ އާއިލާއާއި އެކުވެރިންނަށްޓަކައި އޭނާގެ ހިތުގައިވީ ތެދުވެރިކަމާއި ހިތްހެޔޮކަމުގެ މައްޗަށްކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

ހީތްގެ މަރުގެ ހަގީގަތެއް އޭނާގެ އާއިލާއިންނާއި މީސް މީޑިއާގައިވެސް ހާމަކޮށްފައިނުވާއިރު މިއީ ހޮލީވުޑަށް ލިބުނު ވަރަށް ހިތްދަތިވި ޚަބަރެކެވެ.

ހީތު އެންމެ ފުރަތަމަ ބެލުންތެރިންނަށް ފެނިގެން ދިޔައީ 2001 ވަނަ އަަހަރު ޓީވީ ޑުރާމާ "އީ.އާރު"އިންނެވެ. އެއަށް ފަހު "ދަ ވޮންޑަފުލް ވޯލްޑް އޮފް ޑިސްނީ"އާއި "ޓްރޫ ކޯލިން" ފަދަ ކާމިޔާބު ޑްރާމާ ތަކަކުން ހީތުވަނީ ފެނިގެން ގޮސްފައެވެ.

ހީތުގެ ކެރިއަރުގައި ޑްރާމާތަކުން ފިލްމްތަކަށް ބަދަލުވެ "ސްކޭޓްލޭންޑް"، "އޯލް އެމެރިކަން ކްރިސްމަސް ކަރޯލް" ފަދަ ކާމިޔާބު ފިލްމްތަކުންވެސް ބެލުންތެރިންނަށް އޭނާ ފެނިފައިވެއެވެ.

ހީތުގެ އެންމެ ފަހުގެ ފިލްމްތައް ކަމަށްވާ "ޓެރަރ އޮން ދަ ޕްރެއިރީ" އަދި "ޑެވިލްސް ފްރުޓް" ރިލީސް ނުކޮށް ހުރި ނަމަވެސް އެ ފިލްމުތަކުގައި އޭނާއަށް ކުރެވުނު މަސައްކަތްތަކާ މެދު ހީތު ހުރީ ވަރަށް ހިތްހަމަޖެހިފައިކަމަށާއި ދާއިރާއިން އިތުރަށް ކުރިއަށްދިއުމަށްޓަކައި ލިބިދާނެ ފުރުސަތަކަށް އޭނާ ހުރީ ފާރަވެރިވެ ކަމަށްވެސް ހީތުގެ މެނޭޖަރ ވަނީ ބުނެފައެވެ.

ހީތުގެ އެކުވެރިޔާ، ފިލްމީތަރި ޝަންނާ މޯކްލާ ކުރި ޓްވީޓެއްގައި ބުނެފައިވަނީ ހީތުގެ ހުނުމާއި ދެމީހުން އެކުގައި ހޭދަކުރެވުނު ވަގުތުތައް ވަރަށް ހަނދާންވާނޭ ކަމަށެވެ.

އަދި ރިލީސްކުރުމަށް ތައްޔާރުވަމުން އަންނަ ފިލްމް "ޓެރަރ އޮން ދަ ޕްރެއިރީ"ގައި ހީތާއެކު މަސައްކަތްކުރި އަންހެން އެކްޓްރެސް، ގީނާ ކަރާނޯ ވަނީ އިންސްޓަގްރާމްގައި ހީތާއި އޭނާ ނަގާފައިވާ ފޮޓޯއެއް ހިއްސާކޮށްފައެވެ. އަދި ހީތު އޭނާއާ ވަކިވިމުން އޭނާވަނީ ވަރަށް ބޮޑަށް އެކަމާ ހިތާމަ ފައުޅުކޮށްފައެވެ.

https://www.instagram.com/p/CWSv-T4q4MQ/?utm_medium=share_sheet

comment ކޮމެންޓް
ގުޅޭ ޚަބަރު