ކޯޕަރޭޓް މޯލްޑިވްސްގެ ފަރާތުން ބާއްވާ ގޯލްޑް 100 ގާލާ އެވޯޑް އަނެއްކާވެސް އުރީދޫއަށް ލިބިއްޖެއެވެ.
ރޭ ކްރޮސްރޯޑުގައި ބޭއްވި ގޯލްޑް އެވޯޑުގެ ފަސްވަނަ ހަފްލާގައި މި އެވޯޑާ ހަވާލުވެވަޑައިގަތީ އުރީދޫގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ނަޖީބު ޚާންއެވެ.
މި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވަޑައިގެންނެވިއެވެ.
މި އެވޯޑާ ހަވާލުވުމަށްފަހު އުރީދޫއިން ވަނީ އެ ކުންފުނީގެ ހުރިހާ މުވައްޒަފުން އަދި ކަސްޓަމަރުން ހިމެނޭހެން ޝުކުރު ދަންނަވާފައެވެ.

ކޯޕަރޭޓް މޯލްޑިވްސްގެ ފަރާތުން ބާއްވާ ގޯލްޑް 100 ގާލާ އެވޯޑް އަނެއްކާވެސް އުރީދޫއަށް ----
ގޯލްޑް 100 އަކީ ރާއްޖޭގެ ވިޔަފާރިތަކަށް ޚާއްސަކޮށްގެން، ރާއްޖޭގެ ވިޔަފާރި އަދި ހޮސްޕިޓާލިޓީ މެގަޒިނެއް ކަމަށްވާ ކޯޕަރޭޓް މޯލްޑިވްސްއިން، ކުރިއަށް ގެންދާ އިވެންޓެކެވެ. މި އިވެންޓުގައި ރާއްޖޭގެ ބޮޑެތި ކުންފުނިތަކުގެ ޗެއާމަނުން، މެނޭޖިން ޑިރެކްޓަރުން އަދި ސީއީއޯއިންވެސް ބައިވެރިވެއެވެ.
ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ވިޔަފާރިކުރާ 100 ކުންފުނި ހޮވުމަށް އެންމެ ފުރަތަމަ "ގޯލްޑް 100"ގެ ނަމުގައި އެވޯޑެއް ދޭންފެށީ 2017 ވަނަ އަހަރުގައެވެ.
އެންމެ ރަނގަޅު 100 ކުންފުނި ހޮވުމުގެ އިތުރުން ކޯޕަރޭޓް މޯލްޑިވްސްއިން ދަނީ ކޮންމެ އަހަރަކުވެސް ވިޔަފާރީގެ ދާއިރާއިން "ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް" ވެސް ދެމުންނެވެ.