ބޮލުން އިސްތަށި ފައިބަނީތަ؟ މިކަންކަން ކޮށްލާ!

ބޮލުން އިސްތަށި ފޭބުމުގެ މައްސަލައަކީ ވަރަށް އާއްމު ވެފައިވާ މައްސަލައެކެވެ. މިކަން މިގޮތަށް ދިމާވާ އެތައް ސަބަބުތަކެއް ހުރެއެވެ. ބައްޔެއްގެ ސަބަބުންވެސް ބޮލުން އިސްތަށި ފޭބުމުގެ މައްސަލަ ދިމާވެދާނެއެވެ. މާބޮޑަށް ފިކުރުބޮޑުވެ ކަންކަމާ ވިސްނާކަމުގައި ވާނަމަ އަދި އިސްތަށިގަނޑާ ނުގުޅޭ ޝޭމްޕޫއެއް ބޭނުންކުރެވޭނަމަވެސް މިގޮތަށް ދިމާވުން އެކަށީގެންވެއެވެ.

ރަނގަޅަށް ނުނިދުމަކީވެސް އިސްތަށިގަނޑު ނިކަމެތިވުމަށް ދިމާވާ ސަބެބެކެވެ. އިންސާނާ ދުޅެހަޔޮކަންމަތީ ދެމިހުރުމަށް ދުވާލަކު ހަ ގަޑިއިރު ނުވަތަ އަށް ގަޑިއިރުގެ ނިދި ހަމަކުރަންޖެހެއެވެ. ނޫންނަމަ އިސްތަށިގަނޑު ހެދި ބޮޑުވުމަށް ބޭނުންވާ ހޯމޯން އުފެއްދުމަށް ހުރަސްއަޅައެވެ. އެހެންކަމުން އިސަތަށި ފޭބުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި ނިދި ހަމަކުުރުން މުހިއްމެވެ.

މާބޮޑަށް ސްޓްރެސް ވުމުގެ ސަބަބުން އިސްތަށި ފޭބުމުގެ އިތުރުން އިސްތަށިގަނޑުގެ ރީތިކަން ގެއްލި, ނިކަމެތިވެއެވެ. އެހެންކަމުން ސިއްހީ މާހިރުުން ވިދާޅުވަނީ ސްޓްރެސް ފިލުވުމަށްޓަކައި ކަސްރަތުކޮށް ހިތްހަމަޖެހޭ މާހައުލެއް ހިޔާރުކުރުމަށެވެ.

ވިޓަމިނަކީ އިސްތަށިގަނޑު ދުޅަހެޔޮކަންމަތީ ބޭއްވުމަށްޓަކައި ވަރަށް މުހިންމު މާއްދާއެކެވެ. ކޮންމެ ދުވަހެއްގެ ކެއުމުގައި ވިޓަމިން ހިމެނޭ ބާވަތްތަކުގެ މޭވާއާއި ތަރުކާރީ ބޭނުންކުރުމަކީ އިސްތަށި ފޭބުން މަދުކުރުމަށްޓަކައި ކުރެވިދާނޭ ކަމެކެވެ.

ގިނައިން ފެންބުއިމަކީވެސް އިސްތަށި ފޭބުން މަދުކުރުމަށްޓަކައި ކުރުން މުހިންމު ކަމެކެވެ. ދުވާލަކު ތިނެއް ނުވަތަ ހަތަރު ލީޓަރުގެ ފެން ބުއިމަށް އާދަކުރުން މުހިންމެވެ. އެއީ އިސްތަށިގަނޑު ވަރުގަދަ ކުރުމަށް ބޭނުންވާ ސެލްތަކަށް ދިރުން ގެނެސްދީ ސެލްތައް ވަރުގަދަކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ.

އެހެންކަމުން އިސްތަށި ފޭބުން މަދުކުރުމަށްޓަކައި މިކަންކަން ކުރުން މުހިންމެވެ.

މަސްދަރު: އިންޑިއަންއެކްސްޕްރެސް

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު