ޣިޔާސުއްދީނާއި ޖަމާލުއްދީނުގެ މެޗުން ސްކޫލް ކުދިންގެ ފުޓްބޯޅަ މުބާރާތް މިއަދު ފަށަނީ

ސުކޫލް ކުދިންގެ މެދުގައި ފުޓްބޯޅަ ކުޅުމަށް ދޭ އަހުމިއްޔަތު އިތުރަށް ބޮޑުކޮށް، ޒުވާން މޮޅެތި ފުޓްބޯޅަ ކުޅުންތެރިން ގައުމުގައި އުފެއްދުމުގެ ސިލްސިލާ މަސައްކަތުގެ ދަށުން މިއަހަރުގެ މައިލޯ އިންޓަ ސުކޫލް ފުޓްބޯޅަ މުބާރާތް މިއަދު ހަވީރު ފަށާނެ އެވެ.

ދު ވާލަކު ދެ މެޗް ކުޅުމަށް ހަމަޖެހިފައިވާ މިމުބާރާތުގެ މެޗްތައް ކުރިއަށްގެން ދިއުމަށް ނިންމާފައި ވާނީ ހަތަރު އުމުރު ފުރައަކަށް ބަހާލައިގެންނެވެ.

މުބާރަތުގެ ހުރިހާ މެޗެއްވެސް ޓާފް އެއް ނަންބަރު ދަނޑުގައި ކުޅުމަށް ނިންމާފައިވާ އިރު، މުބާރާތުގައި ވާދަކުރާ އުމުރު ފުރާތަކަކީ، 11 އަހަރުން ދަށާއި، 13 އަހަރުން ދަށާއި، 15 އަހަރުން ދަށް އަދި 18 އަހަރުން ދަށެވެ.

ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ (އެފްއޭއެމް) އިން ބުނީ، މުބާރާތް މިއަދު ފަށައި ދެނީ 13 އަހަރުން ދަށުގެ ގްރޫޕް އެކެއްގެ ފަޅިން ބައްދަލުކުރާ ޣިޔާސުއްދީނާއި ޖަމާލުއްދީނުސުކޫލްގެ މެޗުން ކަމަށެވެ. އަދި މިގްރޫޕްގައި ހިމެނޭ ޓީމްތަކަކީ ތާޖުއްދީން ސްކޫލް އަދި އެންމެ ފަހުގެ ޗެމްޕިއަން އިސްކަންދަރު ސްކޫލެވެ. ގުރޫޕް ދޭއްގައި އޮތީ އިމާދުއްދީން ސްކޫލާއި މުހުޔުއްދީން ސްކޫލާއި އަރަބިއްޔާ ސްކޫލް އަދި ބިލަބޮންގް އިންޓަނޭޝަނަލް ހައި ސްކޫލެވެ.


މި މުބާރާތުގެ 11 އަހަރުން ދަށުގެ ބައިގައި ނުވަ ޓީމު ވާދަކުރާ އިރު، އެ ޓީމްތަކަކީ ޖަމާލުއްދީނާއި ބިލަބޮންގާއި އިސްކަންދަރާއި ގިޔާސުއްދީނާއި މުހުޔިއްދީނާއި ލާލޭ ޔޫތާއި ކަލާފާނާއި ތަޖުއްދީން އަދި އަރަބިއްޔާ އެވެ.
މުބާރާތުގެ 15 އަހަރުން ދަށުގެ އުމުރުފުރާގެ ޓީމްތައް ވެސް ދެ ގްރޫޕަކަށް ބަހާލައިފައިވާ އިރު، ގްރޫޕް އެކެއްގައި ހިމެނޭ ޓީމްތަކަކީ ހުޅުމާލޭ ގާޒީ ސްކޫލާއި ޖަމާލުއްދީނާއި މަޖީދިއްޔާ ސްކޫލާއި ތާޖުއްދީނެވެ. އަދި ގުރޫޕް ދޭއްގައި އޮތީ އިސްކަންދަރާއި ދަރުމަވަންތަ ސްކޫލާއި ކަލާފާން ސްކޫލް އަދި މުހުޔިއްދީނެވެ.

މި މުބާރާތުގެ 18 އަހަރުން ދަށުގެ އުމުރު ފުރާގައި 13 ޓީމް ބައިވެރިވާ އިރު، މިއުމުރު ފުރާގެ މެޗްތައް ކުޅުމަށް ހަމަޖެހިފައި ވަނީ ތިން ގްރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން މިއުމުރު ފުރާގެ ގުރޫޕް އެކެއްގައި ވާދަކުރާ ޓީމްތަކަކީ އަހުމަދިއްޔާ އާއި ބ. އަތޮޅު މަދަރުސާ އާއި އިމާދުއްދީނާއި ގަލޮޅު މަދަރުސާ އަދި ގުރައިދޫ ސްކޫލެވެ. އަދި ގުރޫޕް ދޭއްގައި އޮތީ ދަރުމަވަންތަ ސްކޫލާއި އަރަބިއްޔާ އާއި މަޖީދިއްޔާ އަދި އަމީރު އަހުމަދެވެ. ގުރޫޕް ތިނެއްގައި އޮތީ ގާޒީ ސްކޫލާއި ވިލާ އިންޓަނޭޝަނަލް އާއި ސީއެޗްއެސްއީ އަދި މުހްޔިއްދީނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު