ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިއަދުވެސް 100އިން މަތީގައި

ޖުލައި 7، 2021: މާލޭގައި ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތުގައި އެޗްޕީއޭގެ ފަރާތްތަކުން ހަރަކާތްތެރިވަނީ -- ސަން ފޮޓޯ

ރާއްޖެއިން މިއަދު ވެސް 100 އަށް ވުރެ ގިނަ މީހުން ކޮވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ.

އެޗްޕީއޭއިން ބުނީ އިއްޔެ ހަވީރު ހަޔަކުން މިއަދު ހަވީރު ހަޔަކާ ދެމެދު ނެގި 3،518 ސާމްޕަލްގެ ތެރެއިން 109 ސާމްޕަލް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ؛

  • ގްރޭޓާ މާލެ ސަރަހައްދުން 17 މީހުން
  • މީހުން ދިރިއުޅޭ ރަށްރަށުން 84 މީހުން
  • ހިންގަމުންދާ ރިސޯޓުތަކުން އަށް މީހުން

މިއަދުގެ ކޭސްތަކާއެކު ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 88،386 އަށް ވަނީ އަރާފައެވެ.

މިވަގުތު ބައްޔަށް ފަރުވާ ކުރަމުންދާ 1،961 މީހުންގެ ތެރެއިން ހޮސްޕިޓަލްތަކުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދަނީ 27 މީހުންނަށެވެ.

މިއަދު ބަލިން ރަނގަޅުވީ 128 މީހުންނެވެ. އަދި ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 86،168 އެވެ.

މި ބަލީގައި ރާއްޖެއިން މިހާތަނަށް 244 މީހުން ވަނީ މަރުވެފައެވެ.

comment ކޮމެންޓް