އުރީދޫ ވޯކް ގްރޫޕްގެ ހިދުމަތްތައް މިއުޒީޝަންސް ޔޫނިއަންއަށް

އެމްޔޫއެމްއިން އުރީދޫއާއެކީ އެއްބަސްވުމެއްގައި ސޮއިކޮށްފި.. ފޮޓޯ/އެމްޔޫއެމް

އުރީދޫ ވޯކް ގްރޫޕްގެ ހިދުމަތްތައް މިއުޒީޝަންސް ޔޫނިއަން އޮފް މޯލްޑިވްސް (އެމްޔޫއެމް)އަށް ދިނުމުގެ އެއްބަސްވުމެއްގައި އެ ޖަމިއްޔާ އާއި އުރީދޫއިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެ އެއްބަސްވުމުގެ ދަށުން "އުރީދޫ ވޯކް ގްރޫޕް" ގެ ހިދުމަތްތައް އެމްޔޫއެމް ޖައްމިއްޔާގެ މެމްބަރުންނަށް އުރީދޫގެ ފަރާތުން ފޯރުކޮށްދޭނެއެވެ.

އެ އެއްބަސްވުމަކީ އެމްޔޫއެމް ޖަމިއްޔާގެ މެމްބަރުންގެ މެދުގައި ފަސޭހަކަމާއެކު މުއާމަލާތު ކުރެވޭނެ ނިޒާމެއް ގާއިމްކުރުމަށްޓަކައި ހަދާފައިވާ އެއްބަސްވުމެކެވެ. އަދި އެމްޔޫއެމް ވަނީ އެ ހިދުމަތްތަކުގެ ސަބަބުން ހުރިހާ މެމްބަރުންގެ މެދުގައި މުއާމަލާތު ކުރުން ފަސޭހަވެގެންދާނެ އިންތިޒާމު ހަމަޖެހޭނެ ކަމަށް ގަބޫލުކުރާ ކަމަށް ބުނެފައެވެ.

އެ އެއްބަސްވުމުގެ ދަށުން މެމްބަރުންނަށް ލިބޭނެ ހިދުމަތްތަކުގެ ތެރޭގައި މެމްބަރުންގެ މެދުގައި ވަކި ލިމިޓެއްނެތި ހިލޭ ގުޅާލުމާއި އެސްއެމްއެސް ކުރުމުގެ ހިދުމަތާއި، ހަތަރު ޑިޖިޓްގެ "ޝޯޓްކޯޑް"ގެ ހިދުމަތް ލިބުން ހިމެނެއެވެ.

މީގެ އިތުރުން ލިބިގެންދާނެ ހިދުމަތްތަކުގެ ތެރޭގައި "ވޯކް ގްރޫޕް"ގެ ބޭރުން ވެސް ހިލޭ ގުޅޭ ނަންބަރުތަކެއް ހިމެނުމާއި "ވޯކްގްރޫޕް" ޕޯޓަލްގެ ހިދުމަތާއި މެންބަރުންނަށް ހިލޭ "ބަލްކް އެސްއެމްއެސް" ފޮނުވުމުގެ ހިދުމަތުގެ އިތުރުން "އުރީދޫ ކްލަބް ޕްރިމިއާ" ގެ ފައިދާތައް ހިމެނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް