އަންނަ މަހު ނެޓްފްލިކްސްއަށް އަންނަ ފާހަގަކޮށްލެވޭ ފިލްމުތައް

ނެޓްފްލިކްސް

އަންނަ މަހު ވެސް ނެޓްފްލިކްސް އަށް ތަފާތު އެތައް ފިލްމުތަކަކާއި ސީރީސްތަކެއް އަންނާނެއެވެ. އަންނަ މަހު ތަފާތު އާ ފިލްމުތަކާއި އާ ސީރީސްތައްވެސް ނެޓްފްލިކްސް އަށް އަންނަ އިރު މި ބަލާލަނީ އެންމެ ފާހަގަކޮށްލެވޭ ފިލްމުތަކާއި ސީރީސް ތަކަށެވެ.

ނޮވެމްބަރު އެކަކީ އެހެން ދުވަސްތަކާއި ހިލާފަށް ގިނަ ފިލްމުތަކަކާއި ސީރީސްތަކެއް އަންނާނެ ދުވަހަކެވެ. އެގޮތުން 30 ފިލްމެއް ނެޓްފްލިކްސް އަށް އަންނާނެއެވެ. މީގެ ތެރެއިން ފާހަގަކޮށްލެވޭ ފިލްމުތަކަކީ

  • ފަސްޓް ނައިޓް
  • ދަ ޖެނެރަލް ޑޯޓާ
  • ދަ ބިގް ވެޑިންގް
  • އެމެރިކަން ގޭންގްސްޓާ
  • 21 ޖަމްޕް ސްޓްރީޓް
  • އަ ރިވާ ރަންސް ތުރޫ އިޓް
  • ޓޯޓަލް ރިކޯލް
  • ޓެކްސަސް ރޭންޖާސް
  • ލާސްޓް އެކްޝަން ހީރޯ
  • ދަ ކްލައުސް ފެމިލީ

ހަމައެހެންމެ ނޮވެމްބަރު ދެވަނަ ދުވަހު ބަރައުން ބޭގް ގެ ފިލްމެއް ކަމަށްވާ "ރައިޑްލޭ ޖޯންސް ސީޒަން 2" ނެޓްފިލިކްސް އަށް އަންނާނެއެވެ. މި ފިލުމަކީ ކުޑަ ކުދިންނަށް ހާއްސަ ފިލްމަކަށް ވުމާއެކު މި ފިލުމުގެ ފުރަތަމަ ބައި ވެގެން ދިޔައީ އެތައް ކުޑަކުދިންގެ މަގުބޫލުކަން ހޯދި ފިލްމަކަށެވެ.

މީގެ އިތުރުން ނޮވެމްބަރު މަހުގެ ފަސްވަނަ ދުވަހު ވެސް ފާހަގަކޮށްލެވޭ ފިލްމުތަކެއް އަންނާނެއެވެ. އޭގެ ތެރޭގައި ހިމެނެނީ

  • އަ ކޮޕް މޫވީ
  • ބިގް މައުތު
  • ގްލޯރިއާ
  • ނާކޯސް: މެކްސިކޯ: ސީޒަން 3
  • ޒީރީ ޓު ޒީރޯ
  • ދަ ކްލަބް

މީގެ އިތުރުން ނޮވެމްބަރު ފަހެއް ވެގެންދާނީ ލޯބީގެ ފިލްމުތަކަށް ލޯބިކުރަމުން އަންނަ ނެޓްފްލިކްސް ގެ ބެލުންތެރިންނަށް އުފާވެރި ދުވަހަކަށެވެ. އެއީ މިއަހަރުގެ ލޯބީގެ އެންމެ މަގުބޫލު އެއް ފިލްމު ކަމަށްވާ "ލަވް ހާޑް" އަންނާނެ ދުވަހަށް ވާނެތީއެވެ. މި ފިލުމަކީ މަޝްހޫރު ތަރި ޑަރެން ބާނެޓާއި ނިނާ ޑޮބްރެވް ފެނިފައިވާ މަޝްހޫރު ފިލުމެކެވެ.

މި އަންނަ މަހުގެ 17 ވަނަ ދުވަހު އަންނާނެ ފިލްމުތަކުގެ ތެރެއިން ފާހަގަކޮށްލެވޭ އެއް ފިލުމަކީ "ޓައިގާ ކިންގް 2" އެވެ، މި ފިލްމުކީ "ނެޓްފްލިކްސް އޮރިޖިނަލް"އަލަށް ވާއިރު މި ފިލްމުން ތަފާތު ފެންނާނެ ކަން ފިލްމުގެ ޓްރެއިލާ ބަލާލި ނަމަވެސް ޔަގީންވެގެންދެއެވެ.

ހަމައެހެންމެ "ލާސްޓް ދަ ނައިޓް" ވެގެންދާނީ ރޮމޭންޓިކް ޑްރާމާ އަށް ލޯބިކުރަމުން އަންނަ ބެލުންތެރިންނަށް ހާއްސަ ޑްރާމާ އަކަށެވެ. މި ފިލުމު ނެޓްފްލިކްސް އަށް އަންނާނީ ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހުގައެވެ. މި ފިލުމުގައި ހޮލީވުޑްގެ މަޝްހޫރު ތަރި އިވާ މެންޑެސް ވެސް ފެނިގެންދާނެއެވެ.

މި ފިލުމުތަކުގެ އިތުރުން ވެސް އެތައް ރީތި ފިލުމުތަކާއި ސީރީސްތަކާއި ކާޓޫންތަކެއް ވެސް މި އަންނަ މަހުގެ ނެޓްފްލިކްސް އަށް އަންނާނެއެވެ.

comment ކޮމެންޓް