ކްރެޑިޓް ކާޑު ކަސްޓަމަރުންނަށް "ބީއެމްއެލް ރިވޯޑްސް" ލޯޔަލްޓީ ޕްރޮގްރާމް ފަށައިފި

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ--- ސަން ފޮޓޯ/ އަހްމަދު އައިމަން އަލީ

ބޭންކް އޮފް މޯލްޑިވްސްގެ ކްރެޑިޓް ކާޑު ކަސްޓަމަރުންނަށް އަމާޒުކޮށްގެން، "ބީއެމްއެލް ރިވޯޑްސް"ގެ ނަމުގައި ދުނިޔޭގެ ފެންވަރުގެ ލޯޔަލްޓީ ޕްރޮގްރާމެއް ފަށައިފިއެވެ.

މިއީ ދުނިޔޭގެ 55 ގައުމެއްގައި މިހާރު ވެސް ލޯޔަލްޓީ ޕްރޮގްރާމް ހިންގަމުންދާ ގިފްޓް އާ ގުޅިގެން ބީއެމްއެލްއިން ރާއްޖޭގައި މުޅިން އަލަށް ފެށި ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގެ ދަށުން ބީއެމްއެލްގެ ކްރެޑިޓް ކާޑު ބޭނުންކޮށްގެން ކުރާ ކޮންމެ ވިޔަފާރިއަކަށް ވެސް ޕޮއިންޓް ލިބޭނެއެވެ.

ބީއެމްއެލްގެ މެނޭޖަރު ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު -- ފޮޓޯ: ބީއެމްއެލް

މިގޮތަށް ލިބޭ ޕޮއިންޓް ރިޑީމް ކޮށްގެން;

  • 945 އެއާލައިންގެ ޓިކެޓް ގަތުން
  • 650،000 ހޮޓެލް ބުކް ކުރުން
  • ކާރު ކުއްޔަށް ނެގުން
  • ގިފްޓް ކާޑު ގަތުން (އެމޭޒަން، އެޕްސްޓޯ، އައިޓިއުންސް، ގޫގުލް ޕްލޭ، ޕްލޭސްޓޭޝަން)

މި ޕްރޮގްރާމުގައި ބީއެމްއެލްގެ އެމެރިކަން އެކްސްޕްރެސް، ވިސާ އަދި މާސްޓަކާޑުގެ ކްރެޑިޓް ކާޑު ބޭނުންކުރާ އަމިއްލަ ފަރުދުންނަށް ރަޖިސްޓްރީ ކުރެވޭނެއެވެ. އަދި މިހާރު ވެސް ކްރެޑިޓް ކާޑު ބޭނުން ކުރަމުންދާ ކަސްޓަމަރުންނަށް ރެޖިސްޓްރޭޝަނާ ބެހޭ މައުލޫމާތު ހިމެނޭ އީމެއިލްއެއް މިއަދުގެ ވަގުތެއްގައި ބީއެމްއެލްއިން ފޮނުވާނެއެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލް ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ މި ލޯޔަލްޓީ ޕްރޮގްރާމް ކަސްޓަމަރުންނާ ހަމަޔަށް ގެނެސްދިނުމަށް ޓަކައި ފާއިތުވި ދުވަސްތަކުގައި ވަރަށް ބުރަކޮށް މަސައްކަތް ކުރި ކަމަށެވެ.

ކްރެޑިޓް ކާޑު ކަސްޓަމަރުންނަށް ބީއެމްއެލް ރިވޯޑްސްގެ ނަމުގައި ލޯޔަލްޓީ ޕްރޮގްރާމެއް ތައާރަފު ކުރުން--- ސަން ފޮޓޯ: އަހްމަދު އައިމަން އަލީ

"މި ޕްރޮގްރާމް މެދުވެރިކޮށް ކާޑު ކަސްޓަމަރުންނަށް ދުނިޔޭގެ ފެންވަރުގައި ދެމުން އަންނަ ހިދުމަތްތަކުގެ އިތުރުން ކްރެޑިޓް ކާޑުން ލިބޭ ގިނަގުނަ ފައިދާ ލިބިގެންދާނެ. ކްރެޑިޓް ކާޑަކީ ރާއްޖެއާއި ދުނިޔޭގެ ކޮންމެ ތަނެއްގައި ވެސް ފަސޭހަކަމާއި ރައްކާތެރިކަމާއެކު ވިޔަފާރި ކުރަން ބޭނުން ކުރެވޭނެ ކާޑެއް." ޓިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ވީހާވެސް ގިނަ ކަސްޓަމަރުން ބީއެމްއެލް ރިވޯޑްސްގެ ފައިދާ ހޯދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ކްރެޑިޓް ކާޑު ކަސްޓަމަރުންނަށް ހާއްސަ ލޯޔަލްޓީ ޕްރޮގްރާމެއް ބީއެމްއެލްއިން ތައާރަފުކޮށްފައިވާއިރު، އެ ބޭންކުން ވަނީ ލިމިޓެއް ނެތި ޑޮލަރުން މުއާމަލާތް ކުރެވޭނެ ކްރެޑިޓް ކާޑެއް ވެސް އިއްޔެ ތައާރަފުކޮށްފައެވެ.

https://sun.mv/158352

comment ކޮމެންޓް