ކެޝޫ ނަޓުގައި ސިއްހީ އެތައް ފައިދާތަކެއް އެކުލެވިގެންވޭ

ކެޝޫ ނަޓް

ކެޝޫ ނަޓަކީ އޭގައި ގިނަ އަދަދަކަށް ނިއުޓްރިއަންޓްސް ހިމެނޭ ބާވަތެކެވެ. އޭގެތެރޭގައި ޕްރޮޓީން، ފައިބަރ، ޒިންކު، ފޮސްފެރަސް، ހަށިގަނޑަށް ބޭނުންވާ ފެޓްސް އަދި އެންޓިއޮކްސިޑެންޓްސް ހިމެނެއެވެ.

ކެޝޫ ނަޓަކީ ތިރީސް ފޫޓަށް ދިގުވާ ގަހެއްގައި އަޅާ ކެޝޫ އެޕަލްގައި ހިމެނޭ، ކިޑްނީ ޝޭޕަށް ހުންނަ ބަދަނުގެ ބާވަތެކެވެ.

އެހެން ބަދަންތަކެކޭ ވެސް އެއްގޮތަށް ކެޝޫ ނަޓަކީ ކޮލެސްޓްރޯލާއި ގްލުޓެން ފްރީ އެއްޗެކެވެ.

ކެޝޫ ނަޓުގައި ހަށިގަނޑަށް ފައިދާކުރަނިވި މާއްދާތަކެއް އެކުލެވިގެންވެއެވެ. އެގޮތުން 100 ގްރާމުގެ ކެޝޫ ނަޓު ގައި ހިމެނެނީ:

  • 553 ކެލުރީސް
  • 18 ގުރާމުގެ ޕްރޮޓީން
  • 30 ގުރާމުގެ ކާބްސް
  • 44 ގުރާމުގެ ފެޓް ކޮންޓެންޓް

ކެޝޫ ނަޓަކީ އެކެއުމުން ހަށިގަނޑަށް ވަރަށް ފައިދާ ކުރާ ބަދަނުގެ ބާވަތެކެވެ. އެގޮތުން ލިބޭ ފައިދާ ތަކުގެ ތެރޭގައި:

  • ހަށިގަނޑުގައި ހުންނަ ކަށިތައް ވަރުގަދަ ކޮށްދިނުން

މެގްނީސިއަމް އަކީ ހަށިގަނޑުގައި ހުންނަ ކަށިތައް ވަރުގަދަ ކޮށްދިނުމަށް ބޭނުންވާ އެންމެ މުހިއްމު އެއް މާއްދާއެވެ. ކެޝޫ ނަޓުގައި މި މާއްދާ އެކުލެވިގެންވާއިރު ހަށިގަނޑުގައި ހުންނަ މަސްތަކާއި ނާރުތަކުގެ އިތުރުން ހަކުރު ބަލިން ސަލާމަތް ވުމަށް އެހީވެދެއެވެ.

  • ލޮލަށް ފައިދާކުރޭ

ކެޝޫ ނަޓުގައި ހިމެނޭ ލުޓެއިންގެ ސަބަބުން ''ރެޓިނާ'' ރައްކާތެރިކޮށްދެއެވެ. ހަމައެހެންމެ ޒީޒަންތިން ރަނގަޅު ވަރަކަށް މީގައި ހުރުމުގެ ސަބަބުން މަސްކިއުލާ ޑީޖެނެރޭޝަން އިން ލޯ ރައްކާތެރިކޮށްދެއެވެ. އަދި ލޮލޮގެ ފެނުން ރަނގަޅު ކޮށްދީ ޔޫވީއިން ލޯ ރައްކާތެރިކޮށްދެއެވެ.

  • ހިތުގެ ބަލިތަކުން ރައްކާތެރިކޮށްދޭ

މީގައި ހިމެނެނީ 33% މެގްނީޒިއަމެވެ. މީގެ ސަބަބުން ހިތުގެ ބަލިތަކުން ރައްކާތެރި ކޮށްދެއެވެ. އަދި މީގައި ހިމެނޭ އެންޓި އިންފުލެމޭޓަރީ މާއްދާތަކާއި، ވިޓަމިންސްއާއި ފައިބަރއާއި އަދި މިނަރަލްސްގެ ސަބަބުން ދުޅަހެޔޮ ހިތެއް ލިއްބައިދެއެވެ.

  • ހަކުރު ބަލިން ރައްކާތެރިކޮށްދޭ

މީގައި ހިމެނޭ ކާބޯހައިޑްރޭޓްސް ދަށްވުމުގެ ސަބަބުން ހަކުރު ބަލިން ރައްކާތެރިކޮށްދެއެވެ. އަދި ފައިބަރގެ ސަބަބުން ބްލަޑް ޝުގާ ލެވެލް ކޮންޓްރޯލް ކޮށްދެއެވެ.

  • ދިފާއީ ނިޒާމު ވަރުގަދަ ކޮށްދިނުން

"ޒިންކް" މި މާއްދާ އަކީ މައިކްރޮބިކަލް އިންފެކްޝަނުން ދިފާއީ ނިޒާމު ވަރުގަދަ ކޮށްދިނުމަށް އެހީވެދޭ އެންމެ މުހިއްމު މާއްދާއެވެ. ކެޝޫ ނަޓުގައި މި މާއްދާ އެކުލެވިގެންވާއިރު ދިފާއީ ނިޒާމު އިތުރަށް ވަރުގަދަ ކޮށްދީ އެނިޒާމުގައި ހުންނަ ސެލްތައް ޑެވެލޮޕް ކޮށްދިނުމަށް އެހީވެދޭނެއެވެ.

  • ކޮލެސްޓްރޯލް ލެވެލް ކޮންޓްރޯލް ކޮށްދިނުން

ކޮލެސްޓްރޯލް މަތިވުމަކީ ހިތުގެ މައްސަލަތަކާއި ލޭގެ ހިނގުމަށް އަސަރު ކުރާ ކަމެކެވެ. ކެޝޫ ނަޓް ގަވާއިދުން ކައި ނަމަ ހަށިގަނޑަށް ފައިދާ ނުކުރާ ކޮލެސްޓްރޯލް މަދުކޮށްދިނުމަށް އެހީތެރިވެދެއެވެ.

ހަމައެހެންމެ ކެޝޫ ނަޓަކީ ކެންސަރު ބަލިން ރައްކާތެރިވުމަށް އެހީވާ އެއްޗެކެވެ. އަދި އޭގައި ހިމެނިގެންވާ މިނެރަލް ކޮޕާގެ ސަބަބުން އިސްތަށިގަނޑު ވަރުގަދަ ކޮށްދީ ގައިގެ ހަންގަނޑު ވެސް އޮމާންކޮށްދެއެވެ.

އެހެންކަމުން ކެޝޫ ނަޓަކީ ނުކައި ދޫކޮށްލެވޭނެ އެއްޗެއް ނޫނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު