މޫމިން ފުއާދުގެ އާ ޝޯއެއް އަނެއްކާ ބައިސްކޯފަށް

މަޝްހޫރު ޑައިރެކްޓަރު މޫމިން ފުއާދުގެ އާ ވެބް ޝޯއެއް ބައިސްކޯފުން ދައްކަން ފަށައިފިއެވެ.

ބައިސްކޯފުގެ އޮރިޖިނަލް ޝޯ މީގެ ކުރިން ވެސް އުފައްދާފައިވާ މޫމިންގެ އާ ޝޯ އަށް ކިޔަނީ "ނެތީމޭ" އެވެ. ރޭގައި ދައްކަން ފަށާފައިވާ މި ޝޯއަކީ މޫމިން ލިޔެ ޑައިރެކްޓް ކޮށްގެން ދައްކަން ފަށާފައިވާ ޝޯއެކެވެ.

ލޯބީގެ ކްރައިމް ޝޯއެއްގެ ގޮތުގައި ޕްރޮމޯޓު ކުރާ މި ޝޯއިން އިޖުތިމާއީ އެކި ކަހަލަ މައްސަލަތައް ފެނިގެންދާނެއެވެ. ނެތީމޭ މި ޝޯއިން އެކްޓަރުންގެ ގޮތުގައި ފެނިގެންދާނީ މިހާރު މަގުބޫލުކަން ހޯދަމުން އަންނަ ތަރިން ކަމަށްވާ ވާޝިޔާ އާއި ނަތާޝާއެވެ. މަޝްރޫތު ތަރިން ކަމަށްވާ ޝަކީލާ އާދަމް އާއި އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ) ވެސް މި ޝޯއިން ފެންނާނެއެވެ.

ކޮންމެ ބުރާސްފަތި ދުވަހެއްގައި ދައްކާ މި ޝޯގެ ފުރަތަމަ ސީޒަންގައި ފަސް އެޕިސޯޑް ހިމެނެއެވެ.

މޫމިން ފުއާދަކީ ތަފާތު އެކި ކަހަލަ ޝޯތައް އުފެއްދުމަށް ފާހަގަކޮށްލެވޭ ޑައިރެކްޓަރެކެވެ. އޭނާގެ އެންމެ ފާހަގަކޮށްލެވޭ އެއް ޝޯއަކީ ބައިސްކޯފު މެދުވެރިކޮށް ނެރުނު އެއް ޝޯ ކަމަށްވާ "ގަމިނި" އެވެ. ތުރިލާއެއްގެ ގޮތުގައި ނެރުނު އެ ޝޯގައި މުޖުތަމައުން ފެންނަ އެކި ކަހަލަ މައްސަލަތައް ދައްކުވައިދެއެވެ.

comment ކޮމެންޓް

comment ޢަލިފު

3 year 6 month ago

ޝޯވ އޭ ނުކިޔާ ޑްރާމާ ސީރީޒޭ ކިޔާބަލަ...

comment އާދަން

3 year 6 month ago

ތިޔަކަހަލަ ބޭރު މީހުން ހަދާލި އެއްޗެއް ހަދެމުގެ ނަތީޖާއަކީ ޒުވާނުންގެ އަޚްލާޤު ދަށަށް ގޮސް ޤައުމިއްޔަތޭ ކިޔާ އެތީގެ ކަންފުޅެއް ވެސް ނެތުން. އިހަށް ދުވަހު ޤައުމީ ދުވަސް ބައްދަލުކޮއްފާ ދިޔައިރު ޤައުމިއްޔަތަކީ ކޮބައިކަން ދިވެހިންގެ 80 އިންސައްތަ މީހުންނަށް ނޭނގޭ.

comment ބެލުންތެރި

3 year 6 month ago

މޫމިން ފުއާދުގެ ގެ ފިލްމުތައް ވަރަށް ރީތި އެކަމް އެވެސް ފިލްމެއްގެ ނިމުން ކަމަކު ނުދޭ.. ފިލްމު މިހިސާބުން މި ނިމުނީ ކަމެއް ނޫން ކަމެއް ނޭނގޭ.. އެބައި ރަނގަޅު ކޮށްލީމަ ވަރަށް ހަބޭސް ވާނެ.

ގުޅޭ ޚަބަރު