އެޑެލްގެ އާ ލަވަ ދައްކާލައިފި

ލަވަކިޔުންތެރިޔާ އެޑެލް---

އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އެޑެލް ގެ އާ މިއުޒިކް ވީޑިއޯ ލަވަ ދައްކާލައިފިއެވެ.

އަންނަ މަހު ރިލީޒްުކުރާ އެޑެލްގެ އާ އަލްބަމް "30" ގައި ހިމެނޭ ލަވަ "އީޒީ އޮން މީ" ރިލީޒްކޮށްގައިވަނީ އިއްޔެގައެވެ. އެ ލަވައަށް އަންނަނީ އާންމުންގެ ބޮޑު ތަރުހީބެއް ލިބެމުންނެވެ. އެޑެލް ބުނީ މި ލަވައަކީ އޭނާ އާ އޭނާގެ ފިރިމީހާގެ ވަކިވުން ކުޑަ ދަރިފުޅަށް އަންގައިދޭން ރިކޯޑް ކުރި ލަވައެއް ކަމަށެވެ. އެޑެލްގެ ތިން އަލްބަމެއް ވަނީ މިހާތަށް ނުކުމެފައެވެ.

ލަވަކިޔުންތެރިޔާގެ އާ ލަވަ އަކީ 2015 ވަނަ އަހަރު އަލްބަމް "25" އަށް ލިބުނު ގްރެމީ އެވޯޑަށްފަހު ރިކޯޑު ކުރި ފުރަތަމަ ލަވައެވެ.

މީގެ ދެ އަހަރު ކުރިން އެޑެލް އާ އޭނާގެ ފިރިމީހާ ސައިމަން ކޮނެނީ ވަނީ ވަރިވެފައެވެ. އެ ކައިވެނި ރޫޅުނީ އެދެމީހުން ކައިވެނިކޮށްގެން އުޅޭތާ ތިން އަހަރުވީ ފަހުންނެވެ. ދެމީހުންނަށް ލިބުނު އަންހެން ދަރިފުޅަށް ކީ އެންޖެލޯއެވެ.

އެޑެލް އާއި ސައިމަން އެންމެ ފުރަތަމަ ދިވާމީ 2011 ވަނަ އަހަރުއެވެ. އޭގެ އެއް އަހަރު ފަހުން ދެމީހުން އެއްކޮށް އެކި ހަފްލާތަކުން ފެނިގެންދިޔައިރު އެމީހުންގެ ދަރިފުޅު އެންޖެލޯ ލިބުނީ 2012 ވަނަ އަހަރުއެވެ.

އެޑްލް އާއި ސައިމަން ކައިވެނިކޮށްފައިވަނީ 2016ގައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު