ޖިނާއީ ކޯޓުގެ އިސް ގާޒީ ގޭ ސަރަހައްދަށް ގިނަ އަދަދެއްގެ ބަޔަކު އެއްވެ ހަމަނުޖެހުން ހިންގައިފި

10:00


ޖިނާއީ ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދުގެ ގޭ ސަރަހައްދަށް ރޭ ގިނަ އަދަދެއްގެ ބަޔަކު އެއްވެ ހަމަނުޖެހުން ހިންގައިފި އެވެ.


ދަރުބާރުގޭގެ ބިއްދޮށުގައި އޮންނަ އުސްފަސްގަނޑުގައި އެމްޑީޕީން ރޭ ބޭއްވި އެއްވުމުގައި އެޕާޓީގެ މެންބަރުން ވަނީ ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރެއް ވައްޓާލުމުގެ ތުހުމަތުގައާއި މަޖިލީހުގެ ބައެއް މެންބަރުންނަށް ރިޝްވަތު ހުށަހަޅުއްވާފައިވާ ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރުމަށްފަހު، މިހާރު ކޯޓު އަމުރެއްގެ ދަށުން ދޫކޮށްލާފައިވާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއި ގާސިމް އިބްރާހިމް އަލުން ހައްޔަރުކުރުމަށް ކޯޓު އަމުރު ނެރެދެއްވެން ނެތް ކަމަށް ގިނާއީ ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ވިދާޅުވެފައިވާތީ އެނާ އަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ. އަދި ރައްޔިތުންގެ ކޯޓުގެ ނަމުގައި އެމްޑީޕީން ހަދައިގެން އުޅޭ ކޯޓަށް ގާޒީ އަބްދޫﷲ މުހައްމަދު ހާޒިރުކުރުމަށް ތަކުރާރުކޮށް އެ އެއްވުމުގައި ބައިވެރިން ގޮވާފައިވެ އެވެ.


އެމްޑީޕީން ރޭ ބޭއްވި އެ އެއްވުމަށްފަހު ގިނަ އަދަދެއްގެ ބަޔަކު ވަނީ ގާޒީ އަބްދުﷲގެ ގޭ ސަރަހައްދަށް ގޮސް ހަމަނުޖެހުން ހިންގާ އަޑު އުފުލާފަ އެވެ. އަދި ގާޒީ އަބްދުﷲ ހައްޔަރުކުރުމަށް ގޮވާލާ މާވެޔޮ މަގުގެ އެކިސަރަހައްދުތަކުގައި އަޑުގަދަކޮށް ހަމަޖުހެހުން ހިނގި މީހުން ކޮންޓްރޯލް ކޮށްފައިވަނީ ސިފައިންނާއި ފުލުހުންނެވެ.


ރޭ މާލޭ ތެރޭގެ އެކި ސަރަހައްދުތަކުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު