"މަނީ ހައިސްޓް"ގެ ޓީޒާ ދައްކާލައިފި

ސީރީޒްގެ ޕޯސްޓަރެއް---

ދިވެހިންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ ނެޓްފްލިކްސް ސީރީޒް "މަނީ ހައިސްޓް"ގެ ވޮލިއުމް ދޭއްގެ ޓީޒާ ދައްކާލައިފިއެވެ.

މި ސީރީޒްގެ ފަސް ވަނަ ބައިގެ ވޮލިއުމް އެކެއް ވަނީ މިދިޔަ މަހުގެ ތިން ވަނަ ދުވަހު ސްޓްރީމްކޮށްފައެވެ. އެ ބައި ނިންމާލީ ޓޯކްޔޯ މަރާލުމަށްފަހު އެންމެ ރޮއްވާލާފައެވެ. ވޮލިއުމް 2 ގެނެސްދޭނީ ޑިސެމްބަރު މަހުގެ ތިން ވަނަ ދުވަހުއެވެ.

ސްޕެނިޝް ސީރީޒް މަނީ ހައިސްޓްގެ ޓީޒާ އިން ފެނިގެންދަނީ ޕްރޮފެސާގެ ވާހަކަކޮޅެކެވެ. މަދު ގަޑިއިރު ކޮޅެއްތެރޭގައި އޭނާއަށް ވަރަށް މުހިއްމު ބަޔަކު މަރުވެގެން ގޮއްސި ކަމަށާއި މި ހައިސްޓްގެ ސަބަބުން ދެން އިތުރު މީހަކު މަރުނުވާނެ ކަމަށް ޕްރޮފެސާ އެ ޓިޒާކޮޅުގައި ބުނެއެވެ.

ނެޓްފްލިކްސް އިން ސްޓްރީމް ކުރާ މި ސީޒަން އަކީ ޖުމްލަ 10 އެޕިސޯޑު ހިމެނޭ ސީޒަންއެއްކަމަށް ވަނީ ރިޕޯޓްކޮށްފައެވެ.

މި ސީޒަން ވެގެންދާނީ މުޅި ސީރީޒްގެވެސް ވެސް އެންމެ ގިނަ ކަންތައް ހިނގާ އަދި އެންމެ ސަޅި ސީޒަނަށް ކަމަށް ހައިސްޓުގެ ޓީމުން ވަނީ ކަށަވަރުކޮށްދީފައެވެ. އަދި މިފަހަރުގެ ބައި ސިފަކޮށްފައި ވަނީ ވަރުގަދަ "ވޯ" ނުވަތަ ހަނގުރާމައެއްގެ ގޮތުގައެވެ.

ކުރިން ބައެއް ރިޕޯޓްތައް ބުނާގޮތުގައި މަނީ ހައިސްޓް އަކީ ޓޯކިއޯ ކިޔައިދޭ ވާހަކައެކެވެ. އެމީހުން ހައިސްޓްގައި އެކި ހިސާބުތަކުން އެކި މީހުން މަރުވެގެންދާއިރު ހައިސްޓުން ސަލާމަތްވަނީ ހަމަ އެކަނި ޓޯކިއޯ ކަމަށެވެ. އެކަމަށް ހެކި ދައްކަނީ ހުރިހާ ސީޒަނެއްގެ ހުރިހާ އެޕިސޯޑެއް ވެސް ޓޯކިއޯގެ އަޑުން އެ ވާހަކަތައް ކިޔައިދީފައިވާތީއެވެ. ނަމަވެސް އެކަން މިއޮތީ ބިލާހަކަށްވެފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު