ރައްޔިތުން މަޖިލީހުގެ އިދާރާއިން ކަރަންޓު ދިއުމާ ގުޅިގެން މަޖިލީހުގެ މިއަދުގެ ޖަލްސާ މެދު ކަނޑާލައިފިއެވެ.
މިއަދު މަޖިލިސް އިމާރާތުން ކަރަންޓު ކެނޑުނީ މެންދުރު 12:30 ހާއިރުއެވެ.
މަޖިލިސް މެދު ކަނޑާލި ނަމަވެސް ކަރަންޓުގެ ހިދުމަތް ލިބުނު ހާ އަވަހަކަށް މަޖިލިސް ކުރިއަށް ގެންދާނެ ކަމަށް ރައްޔިތުން މަޖިލީހުގެ މީޑިއާ ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވިއެވެ.
މިއަދުގެ މަޖިލީހަށް ވަނީ "ވާނުވާ" ބަންދުގައި ތިބޭ ގައިދީންނަށް ލިބެން ޖެހޭ ބޭސްފަރުވާގެ ހިދުމަތް ހައްލުކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ގޮވާލައި މައްސަލައެއް ހުށަހަޅާފައެވެ. އަދި މި މައްސަލައާ ގުޅިގެން ބަހުސް ކުރުން ވަނީ ކުރިއަށް ގެންގޮސްފައެވެ.
އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖެވެ.
ކަރަންޓު ދިއުމާ ގުޅޭގޮތުން ސްޓެލްކޯ އިން ބުނީ ކަރަންޓު ދިޔައީ ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށެވެ. އަދި އެ މައްސަލަ ހައްލުކޮށް، މިހާރު ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުންޏެވެ.