ކަޒަކިސްތާނުގެ ގައުމީ އެއާލައިނުގެ ދަތުރުތައް އަލުން ރާއްޖެއަށް ފަށައިފި

އެއާ އަސްތާނާގެ ބޯޓެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި --

ކަޒަކިސްތާނުގެ ގައުމީ އެއާލައިން އެއާ އާސްތާނާގެ ދަތުރުތައް މިއަދު އަލުން ރާއްޖެއަަށް ފަށައިފިއެވެ.

އެއާ އަސްތާނާގެ ދަތުރުތައް އަލުން ފަށާފައިވާއިރު ހަފްތާއަކު ހަތަރު ދުވަހު ކަޒަކިސްތާނުގެ ސިޓީއެއްކަމަށްވާ އަލްމާތީ އާއި ވެލާނާ އިންޓިނަޝޭނަލް އެއާޕޯޓާ ދެމެދު ދަތުރުތައް ބާއްވާނެއެވެ.

އެއާ އަސްތާނާގެ ދަތުރުތައް ރާއްޖެއަށް އޮންނާނީ އަންގާރަ، ބުރާސްފަތި، ހޮނިހިރު، އަދި އާދިއްތަ ދުވަހެވެ.

އެއާ އަސްތާނާގެ ދަތުރުތައް ރާއްޖެއަށް އެންމެ ފުރަތަމަ ފަށާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ފަސްވަނަ ދުވަހެވެ. އޭރު އެ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ބާއްވަމުން ދިޔައީ ހަފްތާއަކު ތިން ދުވަހެވެ.

ނަމަވެސް ކޮވިޑުގެ ހާލަތު ގޯސްވެ މި އަހަރުގެ މެއި މަހުގެ ތެރޭ އެޅި ފިޔަވަޅުތަކާއެކު އެ އެއާލައިނުގެ ދަތުރުތައް ވެސް ވަނީ މެދުކެނޑިފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މެއި މަހުގެ ނިޔަލަށް ރާއްޖެއަށް ފަސްވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ކަޒަކިސްތާނުންނެވެ.

comment ކޮމެންޓް