އުރީދޫ މޫލީއިން އައިފޯން 13 ޕްރީއޯޑާ ކުރުމުގެ ފުރުސަތު

އުރީދޫގެ މޫލީ މެދުވެރިކޮށް އައިފޯނު 13އަށް ޕްރީއޯޑަރު ކުރުމުގެ ފުރުސަތު ހުޅުވާލައިފި--

އެޕަލް ކުންފުނިން އެންމެ ފަހުން ނެރުނު އައިފޯން 13 ސީރީޒްގެ ފޯނުތައް އުރީދޫގެ އީކޮމާސް ޕްލެޓްފޯމް، މޫލީ މެދުވެރިކޮށް ޕްރީއޯޑާ ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މޫލީއިން ވަނީ އައިފޯން 13 ސީރީޒްގެ ހަތަރު މޮޑެލްއެއް ޕްރީއޯޑާ ކުރުމުގެ ފުރުސަތު ހުޅުވާލާފައެވެ. އެއީ؛

  • އައިފޯން 13
  • އައިފޯން 13 ޕްރޯ
  • އައިފޯން 13 ޕްރޯ މެކްސް
  • އައިފޯން 13 މިނީ

މޫލީއިން ވިއްކަނީ އައިފޯން 13 (ޕިންކް، މިޑްނައިޓް) އާއި އައިފޯން 13 މިނީ (މިޑްނައިޓް)ގެ 128ޖީބީ މޮޑެލްއާއި އައިފޯން 13 ޕްރޯ (ސިއެރާ ބްލޫ، ސިލްވާ، ގްރެފައިޓް) އާއި އައިފޯން 13 ޕްރޯ މެކްސް (ސިއެރާ ބްލޫ، ސިލްވާ، ގްރެފައިޓް، ގޯލްޑް)ގެ 256 ޖީބީގެ މޮޑެލްއެވެ.

އެ ފޯނުތައް ވިއްކަން މޫލީގައި ކަނޑައަޅާފައިވާ އަގުތަކަކީ؛

  • އައިފޯން 13: -/18،899
  • އައިފޯން 13 މިނީ: -/16،599
  • އައިފޯން 13 ޕްރޯ: -/25،799
  • އައިފޯން 13 ޕްރޯ މެކްސް: -/28،199، (ގޯލްޑް މޮޑެލް -/36،999)

އުރީދޫއިން ބުނީ މޫލީ މެދުވެރިކޮށް އައިފޯން 13ގެ މޮޑެލްތައް ޕްރީއޯޑާ ކުރަން ހުޅުވާލުމާއެކު ގިނަ އަދަދެއްގެ ކަސްޓަމަރުން މިހާރު ވެސް ފޯނު ގަންނަން ޕްރީއޯޑާ ކޮށްފައިވާ ކަމަށެވެ.

އުރީދޫއިން އައިފޯން 13 ޑެލިވަރީ ކުރަން ފަށާނީ އޮކްޓޫބަރު 15 ވަނަ ދުވަހުގައެވެ.

މޫލީ މެދުވެރިކޮށް ގަންނަ އައިފޯން 13 ސީރީޒްގެ ފޯނުތަކުގައި ބޭނުންކުރާ ފުރަތަމަ އުރީދޫ ސިމްއަށް، ހަ މަސް ދުވަހުގެ މުއްދަތަކަށް ކޮންމެ މަހަކު 20 ޖީބީގެ ބޯނަސް ޑޭޓާ ވެސް ލިބޭނެއެވެ. އެހެން ނަމަވެސް އެ ސިމް އެހެން ފޯނެއްގައި ބޭނުން ކޮށްފިނަމަ، ބޯނަސް ޑޭޓާ ނުލިބޭނެ ކަމަށް އުރީދޫއިން ބުނެއެވެ.

ރީތި އައު ޑިޒައިންތަކެއް ހިމެނޭ، އައިފޯން 13ގެ މޮޑެލްތަކުގައި ވާދަވެރި ކެމެރާ ސިސްޓަމްތަކަކާއެކު، ޕްރޯ މޯޝަން ސުޕަ ރެޓިނާ އެކްސް.ޑީ.އާރް ޑިސްޕްލޭގެ އިތުރުން ބެޓަރި ލައިފްވެސް ވަނީ އިތުރަށް ފުރިހަމަ ކޮށްފައެވެ.

ހަމައެއާއެކު އައިފޯން 13 ސީރީޒްގެ ފޯނުތަކުގައި އެކުލެވިފައިވާ އެޕަލްގެ އޭ-15 ބަޔޮނިކް ޗިޕަކީ މިހާތަނަށް ސްމާޓްފޯނެއްގައި ބޭނުންކޮށްފައިވާ އެންމެ ހަލުވި ޗިޕެވެ.

comment ކޮމެންޓް