ފިލްމް ނުނިމެނީސް "ހިރޮއިން" ގެ ޑައިލޮގްތައް ވަގަށް ނަގައިފި

ކަރީނާ އާއި އަރުޖުން ރާންޕާލް ލީޑްރޯލް ކުޅެފައިވާ ފިލްމް "ހިރޮއިން" ގެ މަންޒަރުތައް ނަގާ ނުނިމެނީސް އެފިލްމްގެ ޑައިލޮގް ސްކްރިޕްޓްތައް ވަގަށް ނަގައިފި އެވެ.

ހިރޮއިންގެ ޑައިލޮގްތައް ގެއްލިފައި މިވަނީ އެ ޑައިލޮގް ހިމެނޭ ލެޕްޓޮޕު ވަގަށް ނެގުމާ ގުޅިގެންނެވެ. ހިރޮއިންގެ ވާހަކަ ލިޔުންތެރިޔާ ނިރަންޒަން ލިޔަންގާގެ ލެޕްޓޮޕް ވަގަށް ނަގާފައިވަނީ ކަރަން ޖޯހަރުގެ އޮފީސް ކުރިމަތީގައި ކާރު ޕާކްކޮށްފައި ވަނިކޮށެވެ. އެވަގުތު ލެޕްޓޮޕް އޮތީ ކާރުގެ ކުރީ ސީޓްގަ އެވެ.

ލެޕްޓޮޕް ގެއްލުނު މައްސަލަ ނިރަންޖަން ވަނީ ފުލުހުންނަށް ހުށަހަޅާފަ އެވެ. ނަމަވެސް ޑައިލޮގްތައް ގެއްލުމުގެ ސަބަބުން ފިލްމް ސޫޓިންތައް ކުރިއަށް ގެންދަން ޖެހިފައިވަނީ ސެޓްގައި ނިރަންޖަން ހުރެގެން، އަދި އިޔާދަކުރެވެން ނެތް ސްކްރިޕްޓްތައް އަލުން ލިޔެގެން ކަމަށް ވެސް ބައެއް ރިޕޯޓްތައް ބުނެ އެވެ.

ހިރޮއިންގެ ޑައިލޮގްތައް ގެއްލުނުއިރު އެފިލްމަށް މީގެކުރިންވެސް ވަނީ ބޮޑު ގޮންޖެހުމަކާ ކުރިމަތި ވެފަ އެވެ. އެގޮތުން އެފިލްމް އެންމެ ފުރަތަމަ ކުޅުމަށް ހަމަޖެހިފައިވާ އައިޝްވަރީއާ ރާއީ ބަޗަން ބަލިވެއިނުމުން އެފިލްމް ދޫކޮށްދިއުމުން ޕްރޮޑިއުޝަރުންނަށް ދިމާވި ގެއްލުމުން ސަލާމަތްކޮށްދިނީ ކަރީނާ އެފިލްމް ކުޅެދިނުމަށް އެއްބަސްވުމުންނެވެ.
comment ކޮމެންޓް
ގުޅޭ ޚަބަރު