ޝާހްރުކްހާނުގެ ގެ ކައިރިން ސަލްމާން ފްލެޓެއް ގަނެފި

ޝާހުރުކްހާނުގެ ދިރިއުޅޭ ގެ ކައިރިން ސަލްމާންހާން ފްލެޓެއް ގަނެފި އެވެ.

މި ދެތަރިން އަވަށްޓެރިންގެ ގޮތުގައި ދިރިއުޅެން ފަށާއިރު މި ދެތަރިންނަކީ މިހާރު ބޮލީވުޑްގައި އެންމެ އަގު ބޮޑު އަދި އެންމެ ޑިމާންޑް ވެސް ބޮޑު ދެ ތަރިން ކަމަށް ބޮލީވުޑްގެ ބައެއް ހަބަރުތައް ބުނެ އެވެ. ޝާހުރުކްގެ ގޭ ކައިރިން ސަލްމާންހާން ގަތުމަށް ހަމަޖެހިފައިވާ ފްލެޓްގެ އަގަކީ 32 ކްރޯޑް އިންޑިއަން ރުޕީސް ކަމުގައިވާއިރު އޭނާ މިހާރު ވަނީ އެފްލްޓް ގައުމަށްޓަކައި 1.64 ކްރޯޑް ދައްކާފަ އެވެ.

ބޮލީވުޑްގެ ބައެއް ރިޕޯޓްތައް ބުނެފައިވާ ގޮތުގައި މި ދެތަރިން އަވަށްޓެރިންނަށް ވުމަކީ އެ ދެމީހުންގެ ދެމެދުގައިވާ ރުޅިވެރިކަން ދުރުކުރުމަށް މަގުފަހިވާނެ ކަމެކެވެ.
comment ކޮމެންޓް
ގުޅޭ ޚަބަރު