ޖެޓް ސްކީ ޓުއާގެ ޑިޖިޓަލް ޕާޓްނަރަކަށް އުރީދޫ

މިއަހަރުގެ "ޖެޓް ސްކީ ޓުއާ"ގެ ތެރެއިން -- ފޮޓޯ/ޓްވިޓާ

ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ކުރިއަށްގެންދާ "ޖެޓް ސްކީ ޓުއާ 2021"ގެ ޑިޖިޓަލް ޕާޓްނަރަކަށް އުރީދޫ ހަމަޖައްސައިފިއެވެ.

މި މަހުގެ 27 ވަނަ ދުވަހާ ހަމައަށް ކުރިއަށްގެންދާ މި ހަރަކާތުގެ މަގްސަދަކީ ރާއްޖޭގެ އެންމެ އުތުރުން ދެކުނަށް ޖެޓްސްކީގައި ދަތުރުކޮށް ރިކޯޑެއް ގާއިމް ކުރުމުވެ.

ރާއްޖޭގެ އެންމެ އުތުރުން، ހއ. ތުރާކުނުން އެ ދަތުރު ފެށީ 13 މީހުން ހިމެނޭ ޓީމަކާ އެކުގައެވެ. އެ ޓީމުގައި ޖެޓް ސްކީ ދުއްވާ ތަޖުރިބާކާރު ހަ މީހުން ތިބި އިރު އިތުރަށް ތިބީ ޖެޓް ސްކީ ދުއްވާ މީހުން ބަދަލު ކުރަން ޖެހިއްޖެ ހާލަތެއްގައި ބަދަލު ކުރަން ތިބި ތިން މީހުންނާއި ލޯންޗުގައި ހަރަކާތްތެރިވާ މީހުންނެވެ.

އެ ދަތުރުގައި މިއަދު ރ.ރަސްމާދޫއާ ހަމައަށް ފޯރާފައިވާއިރު، ދެން ދަތުރު ކުރުމަށް ހަމަޖެހިފައިވަނީ ޅ. ނައިފަރަށެއެވެ. އެ ދަތުރަށް 13 ގަޑިއިރު ވާނެ ކަމަށް އުރީދޫއިން ލަފާކުރެއެވެ.

ޖެޓް ސްކީ ދުއްވާ ބައިވެރިން ކޮންމެ އަތޮޅަކުން ވެސް އެއް ރަށެއްގައި މަޑު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ޖެޓް ސްކީ ޓުއާ 2021އަކީ މޯލްޑިވްސް ވޯޓާރ ސްޕޯޓްސް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ހަރަކާތެކެވެ. އަދި އެ ޓުއާގެ ސަލާމަތީ ކަންކަން ބަލަހައްޓަނީ އެމްއެންޑީއެފްއިންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް