ފުރަތަމަ ފަހަރަށް މެކް ޑޮނަލްޑްސް އިން ވީގަން ބާގާ ތައާރަފްކުރަނީ

މެކް ޑޮނަލްޑްސް އިން ވީގަން ބާރގާ ތައާރަފްކުރަނީ---

ތިން އަހަރު ވަންދެން ރީސާޗްކުރުމަށްފަހު ދުނިޔޭގެ މަޝްހޫރު އައުޓްލެޓް މެކް ޑޮނަލްޑްސް އިން ވީގަން ބާގާ ތައާރަފްކުރަން ނިންމައިފިއެވެ.

ބިޔޯންޑް މީޓް އާ ގުޅިގެން އުފައްދާ މި އާ ބާރގާ އަކީ ވެޖިޓޭރިއަނުންނަށް ހާއްސަކޮށް އުފައްދާ ބާރގާއެކެވެ. މީގައި ހިމެނޭ ތަކެއްޗަކީ ވީގަން ސޯސް، ލެޓިއުސް، ފިޔާ، ޓޮމާޓޯ، ޕިކްލްސް، ކެޗްއަޕް އަދި މަސްޓާޑްއެވެ. މި މަހު 29 ވަނަ ދުވަހުން ފެށިގެން މެކް ޑޮނަލްޑްސް ގެ 10 އައުޓްލެޓެއްގައި މި ބާރގާ ލިބެން ހުންނައިރު މީގެ އަގަކީ 3.49 ޕައުންޑަށެވެ. ބާރގާ އަށް ލިބެމުން އަންނަ ތަރުހީބަށް ބެލުމަށްފަހު މެކް ޑޮނަލްޑްސްގެ 250 އައުޓްލެޓުގައި ވީގަން ބާރގާ ލިބެން ހުންނާނެއެވެ.

މެކް ޑޮނަލްޑްސް ޔޫކޭގެ ޗީފް މާކެޓިން އޮފިސަރު މިޝެލް ގްރެހެމް ވިދާޅުވީ މެކް ޑޮނަލްޑްސް އިން އަބަދުވެސް އިސްކަން ދެނީ ކަސްޓަމަރުންގެ ހިތްއުފާކޮށްދެން ކަމަށާއި އާންމުންނަށް މި ޕްރޮޑަކްޓްވެސް ވަރަށް ކަމުދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބޮތްކަމަށެވެ.

މެކް ޑޮނަލްޑްސް ގެ 39,198 ރެސްޓޯރަންޓު މިހާރުވެސް ދުނިޔޭގައި އެބަހުއްޓެވެ. މި ފްރެންޗައިޒަކީ އާންމުންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ ފްރެންޗައިޒެއް ވެސްމެއެވެ. މެކް ޑޮނަލްޑްސް ނެތް ބައެއް ގައުމުގެ ތެރޭގައި ނޯތު ކޮރެއާ، އިރާން އަދި ޔަމަން ހިމެނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު