ހުޅުމާލޭ ފިޔަވަތީގައި ރޯކޮށްލަން އުޅޭތީ ސަލާމަތީ ބާރުތަކުން ހަަރަކާތްތެރިވަނީ

ފިޔަވަތީގެ ފާރުމަތީ ކުޑަކުދިންތަކެއް--- ސަން ފައިލް ފޮޓޯ

ހުޅުމާލޭ ފިޔަވަތީގައި ރޯކޮށްލަން ކުދިންތަކެއް މަސައްކަތް ކުރާތީ ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.

"ސަން"އަށް މައުލޫމާތު ދެމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެތަނުގައި އަލިފާން ރޯކޮށްލަން އުޅޭ ކަމުގެ ރިޕޯޓެއް ލިބިފައިވާ ކަމަށެވެ. އަދި މިހާރު އެ ސަރަހައްދުގައި ފުލުހުންނާއި ސިފައިންގެ އިތުރުން ޖެންޑާ މިނިސްޓްރީއާއި ހިއުމަން ރައިޓްސް ކޮމިޝަންގެ އޮފިޝަލުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

މީގެ އިތުރުން، އެތަނުގެ ފުރާޅު މައްޗަށް ކުދިންތަކެއް އަރައިގެން އުޅޭކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މިކަމާ ގުޅިގެން އެމްއެންޑީއެފްގެ މީޑީއާ އޮފިޝަލް ވިދާޅުވީ 18:55ހާއިރު އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ސިފައިން އެޓެންޑުވި ކަމަށެވެ. އެހެން ނަމަވެސް ސިފައިން އެތަނަށް ދިޔައިރު އަލިފާން ނިވިފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

މިއީ ކިހިނެއް ހިނގިކަމެއްކަން އަދި ނޭނގޭ ކަމަށް އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އެ ސަރަހައްދުގައި ހުރި "ސަން"ގެ ނޫސްވެރިއަކު ބުނީ އެތަނުގެ ކުޑަދޮރުތަކުގެ ބިއްލޫރިތައް ވެސް ފުރާޅުމައްޗަށް އަރައިގެން އުޅޭ ކުދިން ތަޅައިލައިފައިވާ ކަމަށެވެ.

އިތުރު ތަފްސީލް އަންނަނީ...

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު