Dhiraagu
Dhiraagu

ރިޝްމީއަށް އިތުރު ބައިނަލްއަގްވާމީ އެވޯޑެއް ލިބިއްޖެ

ހަތް ވަނަ ގައުމީ ފިލްމު އެވޯޑްސް ހަފްލާގެ ރެޑް ކާޕެޓްގައި ރިޝްމީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މަޝްހޫރު ބަތަލާ އައިޝަތު ރިޝްމީއަށް ދެވަނަ ފަހަރަށް ބައިނަލްއަގުވާމީ އެވޯޑެއް ލިބިއްޖެއެވެ.

Ooredoo

ރިޝްމީއަށް ލިބިފައި ވަނީ "ޑރ. ސަރޮޖިނީ ނައިޑޫ، ދި ނައިޓިންގޭލް އޮފް އިންޑިއާ، އިންޓަނޭޝަނަލް އެވޯޑް ފޯ ވޯކިން ވިމެން" އެވެ.

އެއީ ގައުމުގެ ކުރިއެރުމަށް މަސައްކަތް ކުރުމުގައި ދެމިހުރީތީ އޭޝިއަން އެކަޑަމީ އޮފް އާޓްސް އަދި އިންޓަނޭޝަނަލް ވިމެންސް ފިލްމް ފޯރަމްގެ ފަރާތުން ދޭ އެވޯޑެކެވެ. އެ އެވޯޑު ދިނީ މިދިޔަ އަންގާރަ ދުވަހުން ފެށިގެން އިއްޔެއާ ހަމައަށް އޮންލައިންކޮށް ކުރިއަށް ގެންދިޔަ "ސެވަންތް ގްލޯބަލް ލިޓަރަރީ ފެސްޓިވަލް" ގައެވެ.

ރިޝްމީއަށް އެ އެވޯޑު ލިބުނީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ކުރިމަތިލި 7000 ކެނޑިޑޭޓުންގެ ތެރެއިން ހޮވި 100 މީހެއްގެ ތެރެއިންނެވެ.

އެ އެވޯޑް ލިބުނުކަން ސޯޝަލް މީޑިއާއިން އިއުލާނުކޮށް، ރިޝްމީ ވަނީ ތިން ފަރާތަކަށް ޝުކުރު އަދާކޮށްފައެވެ.

އެއީ މޯލްޑިވްސް ސޮސައިޓީ ފޯ ޕާފޯމިންގް އާޓްސް އަދި މުހައްމަދު ރަޝީދު (ދަރާބެ)ގެ އިތުރުން އޭނާގެ ފިރިމީހާ ރަވީ ފާރޫގް އަށެވެ.

މީގެ ކުރިން ރިޝްމީ ވަނީ 2017 ވަނަ އަހަރުގެ ސާކް ފިލްމު ފެސްޓިވަލްގެ އެންމެ މޮޅު ބަތަލާގެ އެވޯޑް ހާސިލް ކޮށްފައެވެ. އެއީ އެ އަހަރުގެ މާޗް މަހުގެ ތެރޭގައި ޕްރިމިއާ ކުރި "ވިޝްކާ" ފިލްމުގައި އޭނާ ކުޅުނު ރޯލަށެވެ.

ވިޝްކާ އަކީ މަހުދީ އަހުމަދުގެ ސްކްރީން ޕްލޭއަކަށް ރަވީ ފާރޫގް ޑައިރެޓް ކޮށްފައިވާ ކްރައިމް ތުރިލާ އެކެވެ.

ރިޝްމީ އަކީ ސާކް ފިލްމު ފެސްޓިވަލުގައި އެ އެވޯޑް ހޯދި ހަމައެކަނި ދިވެހި ބަތަލާ އެވެ. އަދި އެ ފެސްޓިވަލްގައި އޭނާ ހޯދި ކާމިޔާބީގެ އަގު ވަޒަންކުރުމުގެ ގޮތުން، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ ހާއްސަ އިނާމް 2019 ވަނަ އަހަރު އޭނާއަށް ވަނީ ދީފައެވެ.

މީގެ އިތުރުން ހަމަ އެ އަހަރު ބޭއްވި، ނުވަ ވަނަ ފިލްމު އެވޯޑްސްގެ އެންމެ މޮޅު ބަތަލާއަށް ރިޝްމީ ހޮވުނެވެ.

Redstar
comment ކޮމެންޓް

comment ވަރަބިދުނުކޮތަރު

4 year 6 month ago

؛ގައުމު ގެ ކުރިއެރުވުމަށް މަސައްކަތް ކުރުމަށް ދެމިހުރީތީ ؛. ކޮންއެއްޗެއް ގައުމު ކުރިއަރުވަން ދެމީ. ތިދެމި އެއްޗެއް ހުރިހާރައްޔިތުންނަށް އެގެންޖެހޭ. މިބަޔަކު ދަމާ އެއްޗެހި ނުބަލާ ، ކުރާކަމެއް ނޭގޭކިތައް ދިވެހި ރައްޔިތުން އުޅޭނެ . އެދެމި ހުރި ކަމެއް ގަ ދެމިހުރީ ރައްޔިތުމީހާއަށް ސިއްރުންތަ ؟

comment ހެހެހެ

4 year 6 month ago

މީދެން މިވަރު ބޮޑު ޚަބަރުހަދާވަރު ކަމެއްވެސް ނޫން. ޓައިޓުލައިގެން ނަށާވެސް ނުލާތާ ކޮންދުވަހެއް.