މާލޭ ޕީޓްރަލް ސަރަހައްދުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ޕީޓްރަލް ހޮޓާ ހުންނަ ސަރަހައްދުގައި ހުރި ގެއެއްގައި މިރޭ އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

އެމްއެންޑީއެފް އިން ބުނީ އަލިފާން ރޯވީ ޗާންދަނީމަގުގައި ހުންނަ މއ. ހިއްތަލިމާގޭގައި ކަމަށެވެ.

އެމްއެންޑީއެފްގެ މީޑިއާ ކޯޑިނޭޓާ ކާނަލް އަބްދުއްރަހީމް މިރޭ ވިދާޅުވީ އަލިފާންގަޑު މިހާރު ނިންވާލާފައިވާ ކަމަށާއި އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާކަމަށެވެ. އަދި ވިދާޅުވީ އަލިފާން ރޯވެފައި ހުރީ ވަރަށް ކުޑަކޮށް ކަމަށެވެ.


ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު