ރަސްފަންނުގެ މޫދަށް ކަޅުތެޔޮ އެޅި މޫދަށް އެރުން މަނާކޮށްފި

ރަސްފަންނު ސަރަހައްދުގެ މޫދަށް ކަޅުތެޔޮ އެޅިފައި -- ސަން ފޮޓޯ

ރަސްފަންނުގެ ދެކުނު ފަރާތު މޫދަށް ކަޅުތެޔޮ އެޅި އެ ސަރަހައްދުގެ މޫދަށް އެރުން މަނާ ކޮށްފިއެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި ރަސްފަންނުގެ މޫދަށް ކަޅުތެޔޮ އެޅުނީ އެ ސަރަހައްދަށް ބަޔަކު އެއްލައިިލި ކަޅުތެޔޮ ހަމެއް ފަޅައިގެން ދިއުމުންނެވެ.

އެ ހަން ފަޅައިގެން ދިޔުމުގެ ސަބަބުން އެ ސަރަހައްދުގެ ރާޅުފެނަށް ވަނީ ވަރަށް ބޮޑަށް ކަޅުތެލުގެ އަސަރު ކޮށްފައެވެ. އަދި އޮޔެ ހުންނަ ގޮތަކުން ރަސްފަންނުގެ އުުތުރު ފަރާތަށް ވެސް ތެޔޮ ފެތުރިދާނެކަމުގެ ބިރު ވަނީ ހީވެފައެވެ.

އެހެންކަމުން ސިޓީ ކައުންސިލުން ފުލުހުން ވަނީ ކަޅުތެޔޮ ފެތުރިފައިވާ ސަރަހައްދު ބަންދުކޮށްފައެވެ.

އެންވާރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ އެކަމުގެ ސަބަބުން ތިމާވެއްޓަށް ގެއްލުމެއް ނުވާނެ ކަމަށެވެ. ނަމަވެސް އެއީ ސިއްހީގޮތުން ގެއްލުންހުރި ކަމެއް ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

comment ކޮމެންޓް