ނިދުމުގެ ކުރިން މި ބާވަތްތައް ކައިފިނަމަ ރަނގަޅަށް ނިދާލެވޭނެ!

ރަނގަޅަށް ނިދާލުމަށްޓަކައި ސިއްހަތަށް ފައިދާހުރި ކާނާ ކެއުން މުހިއްމު---

ޒުވާނުންގެ އެންމެ ބޮޑު ޝަކުވާއަކަށް ވަނީ ކިތަންމެ ކުރިން އެނދުމައްޗަށް ނިދަން އެރިޔަސް އަވަހަށް ނުނިދޭ މައްސަލައެވެ. މަންމަމެން ބުނާތީ އަޑުއަހަމެވެ. ބާލީސް ދޮށަށް ލެވެންޑާ މަލުގެ ފިޔަލެއް ލުމަށްފަހު ފޯނާ ނުކުޅެ އޮތިއްޔާ އަވަހަށް ނިދޭނެއެވެ.

ސްލީޕް އެކްސްޕާޓް ސެމީ މާގޯ ބުނާގޮތުގައި ރަނގަޅަށް ނިދާލެވޭނީ ނިދުމުގެ ކުރިން ސިއްހަތަށް ފައިދާ ހުރި ބައެއް ކާނާ ކާލުމުންނެވެ. މާގޯ ބުނާގޮތުގައި ރަނގަޅަށް ނިދާލެވޭނީ ހަމައެކަނި ރަނގަޅު ކާއެއްޗެހި ކައިގެންނެއް ނޫނެވެ. ދުވާލު ވަގުތުގައި އެ މީހާ ކުރާ ބައެއް ނޭދެވޭ އަމަލުތަކުގެ ސަބަބުން ވެސް ނިންޖަށް ހުރަސް އެޅެއެވެ.

ސިމްބާ ސްލީޕް އިން ކުރި ރީސާޗެއްގައި 69 އިންސައްތަ މީހުންނަށް ނުނިދެނީ ކުޅި އެއްޗެހި ކައިގެން ހުރުމުންނާއި ކެފެއިންގެ ބާވަތްތައް ބޭނުން ކުރުމުގެ އިތުރުން ރާ ބުއިމުގެ ސަބަބުންނެވެ.

ނިދުމުގެ ކުރިން ދޮންކެޔޮވަކެއް ކާލުމުން ހަށިގަނޑުގެ މަސްތަކަށް އަރާމު ލިބިގެންދާނެއެވެ. އަދި ދޮންކެޔޮލުގައި ހިމެނޭ މެލޮޓޮނިން އާ ސެރެޓޮނިން މާއްދާގެ ސަބަބުން މީހާ އަށް ނިދީގެ އަސަރު ފޯރުކޮށްދޭނެއެވެ. ހަމައެއާއެކު އަލްމަންޑް އަކީ ވެސް ރަނގަޅަށް ނިދާލުމަށްޓަކައި ކާލެވިދާނެ އެއް ބާވަތެވެ. މާގޯ ބުނާގޮތުގައި އަލްމަންޑް ކެއުމުގެ ސަބަބުން ނާރުތަކުގެ ލޭ ހިނގުމުން ފަސޭހަވެ ހަށިގަނޑަށް އަރާމު ލިބިގެންދެއެވެ.

ނިދުމުގެ ކުރިން މޭޒުމަތީ ސަމުސާގެ މާމުއި ބޭނުން ކުރުމަކީ ވެސް އަވަހަށް ނިދޭނެ ކަމެކެވެ. މާމުއި ބޭނުން ކުރުމުން ސިކުނޑީގައި ހުންނަ ބޭކާރު މާއްދާތައް މަދުކޮށްދެއެވެ. އަދި ވިޓަމިންސްގެ ބާވަތްތައް ގިނަ އޯޓްސް ކެއުމުން ވެސް އަވަހަށް ނިދޭ ކަމަށް މާގޯ ބުނެއެވެ.

ނިދުމުގެ ކުރިން ނުކާންވީ ބައެއް ކާނާގެ ތެރޭގައި ޗީޒް، ކުޅި އެއްޗެހި، ކޮފީ އަދި ތެލުގެ ބާވަތްތައް ހިމެނޭ ކާނާތައް ހިމެނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު