30ވަނަ ގައުމީ ކެރަމް މުބާރާތް ކާމިޔާބުކަމާ އެކު ނިންމާލައިފި

ގައުމީ ކެރަމް މުބާރާތުގެ އިނާމް ދިނުމުގެ ހަފުލާގެ ތެރެއިން --- ފޮޓޯ//ކެރަމް އެސޯސިއޭޝަން

ކޮވިޑް-19 ގެ ސަބަބުން އައި މެދުކެނޑުމަށްފަހު ބޭއްވި 30ވަަނަ ގައުމީ ކެރަމް މުބާރާތް ކާމިޔާބުކަމާ އެކު ނިންމާލައިފިއެވެ.

ކޮވިޑްގެ ސަބަބުން މިދިޔަ އަހަރާއި މި އަހަރަށް ރާވާފައި ހުރި ކެރަމްގެ މުބާރާތްތައް ކެންސަލް ކުރަން ޖެހުނު އިރު، މިފަހަރުގެ ގައުމީ މުބާރާތަކީ ކޮވިޑަށް ފަހު ކުޅުނު ފުރަތަމަ މުބާރާތެވެ.

ގައުމީ ކެރަމް މުބާރާތުގެ އިނާމް ދިނުމުގެ ހަފުލާގެ ތެރެއިން --- ފޮޓޯ//ކެރަމް އެސޯސިއޭޝަން

މިފަހަރުގެ ގައުމީ މުބާރާތުގެ ޗެމްޕިއަނުންނަކީ މުހައްމަދު މުންތަސިރުއާއި އައިމިނަތު ވިދާދުއެވެ. މިއީ ތަޖުރިބާކާރު ކުޅުންތެރިޔާ ވިދާދު ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ހަތަރުވަނަ ފަހަރެވެ. އެހެން ނަމަވެސް މުންތަސިރުގެ މި ކާމިޔާބީއަކީ އޭނާ މި މުބާރާތުގައި ހޯދި ފުރަތަމަ ޗެމްޕިއަން ޓްރޮފީއެވެ.

މި މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޑަބަލް އިވެންޓުން ޗެމްޕިއަންކަން ހޯދީ އާދަމް އަދީލް އާއި ޔަމާން އަބްދުލް ޖަލީލްގެ ޕެއާއިންނެވެ.

އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ އަފީފުއްނިސާއާއި އައިޝަތު ފައިނާޒްގެ ޕެއާއިންނެވެ. މި ޕެއާގެ ހާއްސަ ކަމަކީ މިއީ މަންމައާއި ދަރިފުޅުގެ ޕެއާއަކަށްވާތީއެވެ. މިފަހަރުގެ މިކްސްޑް ޑަބަލްސް އިވެންޓުން ޗެމްޕިއަންކަން ހޯދީ މުންތަސިރު އާއި ވިދާދުގެ ޕެއާއިންނެވެ.

ގައުމީ ކެރަމް މުބާރާތުގެ އިނާމް ދިނުމުގެ ހަފުލާގެ ތެރެއިން --- ފޮޓޯ//ކެރަމް އެސޯސިއޭޝަން

މީގެ އިތުރުން ފިރިހެން ޑިވިޝަނުގެ ޓީމް އިވެންޓުން މިފަހަރު ޗެމްޕިއަންކަން ހޯދީ ކަސްޓަމްސް ރެކްރިއޭޝަން ކުލަބް (ސީއާރުސީ) އިންނެވެ. އަންހެން ޓީމް އިވެންޓުގެ ޗެމްޕިއަނުންނަކީ އެމްޕީއެލް ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބެވެ.

comment ކޮމެންޓް