މަރޮށި ބަނދަރު ހެދުމުގެ މަސައްކަތް ހެވީ ފޯސް ކުންފުންޏާ ހަވާލުކޮށްފި

ށ. މަރޮށި ބަނދަރު ހެދުމުގެ އެއްބަސްވުމުގައި ސޮއިކުރުން -- ފޮޓޯ/ ޕްލޭނިންގް މިނިސްޓްރީ

ށ. މަރޮށި ބަނދަރު ހެދުމުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީން މިއަދު ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ.

ށ. މަރޮށީގެ ބަނދަރު ހެދުމުގެ މަސައްކަތް ހަވާލު ކުރުމަށް ޕްލޭނިންގް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ.

އެ އެއްބަސްވުމުގައި ހެވީ ފޯސް ކުންފުނީގެ ފަތާރުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު އިބްރާހިމް ޒަމީރެވެ.

އެ މަޝްރޫގެ ދަށުން މަރޮށީގައި 26،330 އަކަ މީޓަރުގެ ސަރަހައްދެއްގައި ބަނދަރާއި ނެރު ފުންކުރާނެއެވެ.

އަދި 202 މީޓަރުގެ ގްރޮއިން ޖަހައި، 2،080 އަކަ މީޓަރުގެ ޕޭވްމަންޓް ހަދާނެއެވެ. އެ މަޝްރޫއުގައި އިތުރަށް ހިމެނޭ ބައެއް މަސައްކަތްތަކުގެ ތެރޭގައި:

  • 490 މީޓަރު ސޭންޓާ-ފިލް ބްރޭކް ވޯޓާ ޖެހުން
  • 131 މީޓަރު ބޮޑު ހިލައިގެ ބޭރުތޮށި ޖެހުން
  • 268 މީޓަރު ރިވެޓްމަންޓް ޖެހުން
  • ދެ ނެވިގޭޝަން ލައިޓް ހަރުކުރުން
  • 416 މީޓަރު އެއްގަމު ތޮށި ޖެހުން
  • 75 މޫރިން ރިންގް ހަރުކުރުން
  • 12 މޫރިންގް ބޮއި ހަރުކުރުން
  • އެއްގަމު ތޮށިން ބޭރު ތޮއްޓަށް އެރުމަށް ބްރިޖެއް އެޅުން
  • ރޭމްޕެއް ހެދުން
  • 20 މަގުބައްތި ހަރުކުރުން

އެ މަޝްރޫއަކީ 420 ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކޮށްފައިވާ، 43.3 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

comment ކޮމެންޓް