ލޯބީގެ ގުޅުންތައް ގިނައިން ފެށެނީ އެކުވެރިކަމުން

އެކުވެރިކަމަކީ ލޯބީގެ ފެށުމޭ ބުނާ އަޑު އަބަދުވެސް އަހަމެވެ. އެހެން ނަމަވެސް އެއީ އަބަދުވެސް ރައްޓެހިންގެ ތެރޭގައި ކޮފީ މޭޒުތަކުގައި ބަހުސް ކުރެވޭ މައުޟޫއުއެވެ. އަދި ޖޯލިފަތިތަކުގައި ތިބެގެން އެތައްބަޔަކު ދެބަސްވާ މައުޟޫއުއެކެވެ. ލޯބީގެ ގުޅުންތައް ގިނައިން ފެށެނީ އެކުވެރިކަމުންނެވެ.

"ނަފްރަތަކީ ލޯބީގެ ފެށުމެވެ." މިއީ ގިނަ ފަހަރަށް ބުނެވޭ ގޮތެވެ. ނަމަވެސް ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި ހަގީގަތުގައި އެކުވެރިކަމަކީ ލޯބީގެ ފެށުމެވެ. ގިނަ ފަހަރަށް ލޯބީގެ ގުޅުންތައް އުފެދެނީ އެކުވެރިކަމުގެ ގުޅުމުންނެވެ.

ދިރާސާ ކުރާ ފަރާތްތަކުން ވަނީ މިކަން ސާބިތު ކުރުމަށް ދިރާސާއެއް ކޮށްފައެވެ. މި ދިރާސާގައި އެކި އެކި ޔުނިވާސިޓީތަކުން 1900 މީހުން ވަނީ ބައިވެރިވެފައެވެ. އަދި އޭގެ ތެރެއިން ތިންބައި ކުޅަ ދެބައި މީހުން ބުނާ ގޮތުގައި އެމީހުންގެ ލޯބި ފެށިފައި ވަނީ އެކުވެރިކަމުގެ ގުޅުމުންނެވެ.

ކެނެޑާގެ ޔުނިވާސިޓީ އޮފް ވިކްޓޯރިއާގައި ކުރިއަށް ގެންދިޔަ މި ދިރާސާގެ 68 ޕަސެންޓަކީ އެކުވެރިކަމުގައި އޮތް ގުޅުންތައް އިތުރު ހަރުފަތްތަކަށް ގެންދިޔަ މީހުންނެވެ.

މި ދިރާސާގެ 47 ޕަސެންޓް ބުނާގޮތުގައި އެކުވެރިކަމުން ލޯތްބަތް ބަދަލުވާ ގުޅުންތަކަކީ އެންމެ ރަނގަޅު ގުޅުންތަކެވެ. އެމީހުން ގަބޫލުކުރާ ގޮތުގައި އެގުޅުންތަށް މާ ވަރުގަދައެވެ.

"ސޯޝަލް ސައިކޮލޮޖިކަލް އެންޑް ޕަރސަނަލިޓީ ސައިސް" ނަމަކަށް ކިޔާ ޖާނަލް އެއްގައި ހިއްސާ ކޮށްފައިވާ ލިޔުމެއްގައިވާ ގޮތުން އެކުވެރިކަމުގެ ގުޅުންތައް ލޯތްބަތް ބަދަލުވުމުގެ ކުރިން އެކުވެރިންގެ ގޮތުގައި ގިނަ މީހުން ތިބެނީ އެންމެ ގިނަވެގެން 22 މަސް ދުވަހަށެވެ.

ސައިކޮލޮޖިކަލް އޮފިސަރެއް ކަމަށްވާ ޑަނޫ އެންތޮނީ ސްޓިންސަން ހާމަކުރާ ގިނަ މީހުންނަކީ އެމީހުންގެ ބައިވެރިޔާ ހޯދަންވީ ގޮތް ވަރަށް ރަނގަޅަށް އެނގޭ މީހުންނެވެ. ނަމަވެސް ޑަނޫ އެންތޮނީ ސްޓިންސަންގެ ޚިޔާލާއި އެހެނިހެން ގިނަ ދިރާސާކުރާ ފަރާތްތަކުން ވަނީ ދެކޮޅު ހަދާފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު