މިކަންކަން ކޮށްލުމުން ފައިދިގުމަކުނު ގެއަކަށް ނުވަންނާނެ

މަކުނު

ފައިދިގުމަކުނަކީ ކިތަންމެ ކުޑަ އެއްޗެއްނަމަވެސް ފައިދިގުމަކުނުދެކެ ބިރުގަންނަ މީހުން ވަރަށް ގިނައެވެ. އެހެންނަމަވެސް ހަގީގަތަކީ އަހަރެމެން ފައިދިގުމަކުނުދެކެ ބިރުގަންނަ ވަރަށް ވުރެ ފައިދިގުމަކުނު އަހަރެމެން ދެކެ މާ ބިރުގަންނަކަމެވެ.

އާއްމުގޮތެއްގައި ހުޅަނގު މޫސުމުގައި އަހަރެމެންގެ ގޭތެރެއަށް އެސޮރުމެން ވަންނާނެއެވެ. މިކަން ހުއްޓުވަން ބޭނުންނަމަ ކުރެވޭނެ ކަންތައްތަކެއް އެބަހުއްޓެވެ. އެގޮތުން މިންޓް ޕްލާންޓް (ކުދީނާ ގަސް) ގޭތެރޭގައި ހައްދާފައި ބެހެއްޓުމުން މަކުނު ނާންނާނެއެވެ. ސަބަބަކީ ކުދީނާ ފަތުން ދުވާ ވަހުން މަކުނަށް ކެތް ނުވާނެތީއެވެ.

ކުދީނާ ގަސް

ދިރާސާކުރާ ފަރާތްތަކުން ބުނާގޮތުގައި ފައިދިގުމަކުނަކީ އާވި ވަސް ދެކެ ރުޅިއަންނަ އަދި ޖެހިލުންވާ އެއްޗެކެވެ. އެހެންކަމުން އާވި ވަސް ދުވާ މިންޓް ޓީ، ޖޯޑަކަށް އެޅުމަށްފަހު އާއްމުކޮށް ފައިދިގުމަކުނު އަންނަ ދިމާލުގައި ބެހެއްޓުމުން ފައިދިގުމަކުނެއް ނާންނާނެއެވެ. އަދި ހަމައެހެންމެ މިންޓް އެސެންޝިއަލް އޮއިލް ވެސް ބޭނުންކުރެވިދާނެއެވެ. މީގެއިތުރުން، ކުޑަ ދޮރުކައިރީގައި ވެސް މިބާވަތްތައް ބެހެއްޓުމުން މަކުނު ނާންނާނެއެވެ.

އެހެންކަމުން، މިގޮތްތައް ހަދާނަމަ، މަކުނު ފެނުނީމަ ބިރުން ގާތް އަވަށްޓެރި މީހާ ނުވަަތަ ރަހުމަތްތެރި މީހާއަށް ގުޅާކަށް، ގޮވާކަށް ނުޖެހޭނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު