ކަސްރަތު ކުރަން އެންމެ ރަނގަޅީ ކޮން ގަޑިއެއް؟

ހަށިގަނޑުގެ ދުޅަހެޔޮ ކަމަށް ގަވާއިދުން ކަސްރަތު ކުރުމަކީ މުހިއްމު ކަމެއް --- ފޮޓޯ/ ވާޖް

މަސައްކަތުގެ ޝެޑިއުލްތައް އޮންނަ ގޮތުން އާންމުކޮށް ކަސްރަތު ކުރުމަކީ ގިނަ ބަޔަކަށް މިހާރު މާ ފަސޭހަ ކަމެއް ނޫނެވެ. ނަމަވެސް ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކަސްރަތު ކުރުމަކީ ކޮންމެހެން ކުރަން ވެސް ޖެހޭ ކަމެކެވެ. އެހެންވީމާ ކަސްރަތު ކުރާ ވަގުތު އެންމެ ބޮޑަށް ފައިދާ ލިބޭ ވަގުތެއް ހިޔާރު ކުރުން ވަރަށް ރަނގަޅު ވާނެއެވެ.

އެންމެ ފުރަތަމަ ވެސް ހަނދާންކުރަން ޖެހޭ އެއް ކަމަކީ ކޮންމެ ވަގުތެއްގައި ކަސްރަތު ކުރި ނަމަވެސް އެއީ ސިއްހަތަށް ފައިދާ ވާނެ ކަމެއް ކަމުގައެވެ. އެކަމަކު ކަސްރަތު ކުރާއިރު ވެސް ވަކި ވަގުތެއްގައި އެ ކަސްރަތު ކުރާ ނަމަ އޭގެ ފައިދާ އިތުރަށް ބޮޑުވާ ވަގުތު ތައް އޮވެއެވެ.

ސައިންސުވެރިން ބުނާގޮތުގައި ސިއްހަތަށް އެންމެ ފައިދާކަން ބޮޑީ ހެނދުނު ވަގުތު ކަސްރަތު ކުރުމުންނެވެ. މީހާގެ ހަށިގަނޑު އެންމެ ބޮޑަށް ހޭލައްވައިދޭ އެއް ކަމަކީ ކަސްރަތު ކުރުމެވެ. އެހެންވީމާ ހެނދުނު ތެދުވެ ކަސްރަތު ކުރުން ވަރަށް ރަނގަޅުވާނެ އެވެ. އެންމެ ބޮޑަށް އެދެވެނީ ވެސް ވަޒީފާއަށް ދިޔުމުގެ ކުރިން ކަސްރަތު ކުރުމަކަށެވެ.

މީގެ ސަބަބުން މަސައްކަތަށް މީހާ ދާއިރު މުޅި މީހާ ހުންނާނީ ރަނގަޅަށް ވެސް ހޭލެވި ދުވަހުގެ ކަންތައްތަކާއެކީ ކުރިއަށް ދިޔުމަށް ތައްޔާރުވެފައެވެ.

ކަސްރަތު ކުރުމަށް އަބަދު އެއް މިނެއްގައި ހިފެހެއްޓުމަށް ވެސް އެންމެ ރަނގަޅު ވަގުތަކީ ހެނދުނެވެ. ދުވަހުގެ ބިޒީ ޝެޑިއުލަށް ފަހު ގެއަށް އައިސް ޖައްސާލުމުން ދެން ކަސްރަތު ކުރާ މޫޑެއް އަދި ހިތްވަރެއް ގިނަ ފަހަރަކު ނުހުންނާނެއެވެ. އެހެންވީމާ ހެނދުނު ކަސްރަތު ކުރުން ވަރު މޮޅު ގޮތެއް ނެތެވެ.

comment ކޮމެންޓް