ހަލާލު ކޮންމެ އަމަލަކީ އަޅުކަމެއް: ހުތުބާ

އޮކްޓޫބަރ 2، 2020: ހުކުރު މިސްކިތުގައި ކުރެވުނު ހުކުރު ނަމާދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހަލާލު ކޮންމެ އަމަލަކީ އަޅުކަމެއް ކަމަށާއި، މާތް ﷲ ގެ މަގުގައި ކުރެވޭ ޖިހާދެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

'އިސްލާމް ދީނުގައި މަަސައްކަތުގެ މަގާމް' މި މައުޟޫއަށް އަލި އަޅުވާލަފައިވާ މިއަދުގެ ހުތުބާގައި ވަނީ މަސައްކަތް ކޮށްގެން އާމްދަނީ ހޯދުމުގެ މުހިންމުކަން ފާހަގަކޮށްފައެވެ.

އެގޮތުން، ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކަށް ބަލާއިރު އެ ކުރިއެރުން ހާސިލްވުމުގެ ސިއްރަކީ އިލްމާއި، މެދުކެނޑުމެއް ނެތް އުފެންދުންތެރިކަން ކަމަށް ހުތުބާގައި ބުންޏެވެ.

އިސްލާމް ދީނަކީ އަމަލާއި މަސައްކަތުގެ ދީނަށް ވާއިރު، މާތް ﷲ އަހަރެމެންނަށް އަމުރުކުރެއްވި ފަދައިން ދުނިޔެ އާއި އާހިރަތް އާރާސްތު ކުރުމަށް މަސައްކަތް ކުރުމަށް ހުތުބާގައި ގޮވާލިއެވެ.

އެއީ އިސްލާމް ދީނަކީ އުފެއްދުންތެރިކަމަށް ގޮވާލައި، އެކަމަށް ހިތްވަރުދޭ ދީން ކަމަށް ވާތީއެވެ.

" މަސައްކަތަކީ، އެއާ ދުރަށް ގޮސްގެން ފުއްދުންތެރިކަން ހާސިލްކުރެވެން ނެތް ޟަރޫރަތެއް. މަަސައްކަތް ނެތިއްޖެ ނަމަ ދުނިޔޭގެ ހަޔާތް ހުއްޓިދާނެ. މި ބިމަށް ގެއްލުމާއި ހަލާކު އަދުވެދާނެ،" ހުތުބާގައި ބުންޏެވެ.

މީގެ އިތުރުން މަސައްކަތްތެރިކަމުގެ އެންމެ ބާވަތެއް ހުއްޓާލި ނަމަވެސް މަސްލަތަހަށް ބުރޫ އަރައި، ހަޔާތް ނުތަނަވަސް ވެދާނެ ކަމަށާއި ބަލިމަޑުކަން އާއްމުވެދާނެ ކަމަށް ހުތުބާގައި ފާހަގަ ކުރިއެވެ.

ހަމަ އެހެންމެ އިންސާނާގެ ނަފްސަށާއި އެހެން މީހުންނަށް ފައިދާ ކޮށްދެނީ މަސައްކަތުން ކަަމަށް ވާއިރު، އަމިއްލަ އަތުން މަސައްކަތް ކުރާ ނަމަ، ސަލާމް ޖެހުމުގެ ނިކަމެތިކަމުންނާއި އެހެން މީހުންގެ ފައި ދަށަށް ވެއްޓުމުން ސަލާމަތް ވެވޭވެކަމަށް ހުތުބާގައި ބުންޏެެވެ.

ނަމަވެސް ބައެއް ފަރާތްތަކުން އެކި ނަންނަމުގައި އޮޅުވާލައިގެން ސަލާންޖަހަމުން ދާ ކަން ފާހަގަކޮށް، ހުތުބާގައި ބުނީ، ތިން ހާލަތެއް ފިޔަވައި، އިސްލާމް ދީނުގައި ސަލާމް ޖެހުން ހަރާމް ކަމަށެވެ.

އެ ތިން ހާލަތަކީ، ފަގީރުވެގެން ގޮސް ހާލުގައި ޖެހުމާއި، ބޯނުހިކޭވަރުގެ ދަރަންޏެއް އޮތުމާއި އަދާ ނުކުރެވޭ ވަރުގެ މަރުގެ ދިޔައެއް ބޮލުގައި އެޅިފައި ވުމެވެ.

comment ކޮމެންޓް