އެމްޑީޕީ އޮފީސް ތެރޭގައި ހިންގި މާރާމާރީއެއްގައި މަންދީއަށް އަނިޔާވެ، ފަރުވާ ދެނީ

މެއި 14، 2020: އޭޑީކޭ ހޮސްޕީޓަލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސޯސަން މަގުގައި ހުންނަ އެމްޑީޕީ އޮފީސް ތެރޭގައި ބަޔަކު ހިންގި މާރާމާރީއެއްގައި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމްގެ މަންމާފުޅު، މަރިޔަމް ޒުބައިރު (މަންދީ)އަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ އެ އޮފީސް ތެރޭގައި މާރާމާރީއެއް ހިނގިކަމުގެ މައުލޫމާތު މިއަދު މެންދުރު 12:30 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

އެ މާރާމާރީގައި އަނިޔާވި އުމުރުން 50 އަހަރުގެ އަންހެނަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.

މާރާމާރީ ހިނގާފައިވާ ގޮތުގެ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއްނުވެއެވެ.

އެ ހާދިސާގައި އަނިޔާ ލިބުނީ މަންދީއަށްކަން "ސަން"އަށް ވަނީ ކަށަވަރުވެފަ އެވެ.

އެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް