ޗައިނާގައި ކުދިންނަށް އޮންލައިން ގޭމް ދެން ކުޅެވޭނީ ގަޑިއިރަކު

ޗައިނާގެ ދަރިވަރުންތަކެއް ކިޔަވަނީ

ޗައިނާގައި 18 އަހަރުން ދަށުގެ ކުޑަކުދިންނަށް އޮންލައިން ގޭމް ކުޅެވޭ ވަގުތު މަދުކޮށްފިއެވެ.

ޗައިނާގެ ވީޑިއޯ ގޭމް ރެގިއުލޭޓް ފަރާތުން ހާމަކުރި ގޮތުގައި އެއްގަޑިއިރު އޮންލައިން ގޭމް ކުޅެވޭނީ ހުކުރު ދުވަހާއި ހަފްތާބަންދުގެ އިތުރުން ބަންދު ދުވަސްތަކުގައެވެ.

އެ ގައުމުގައި ހިންގާ ނޫސް އޭޖެންސީއެއް ކަމުގައިވާ ޒިންހުއާ އަށް މައުލޫމާތުދެމުން ނޭޝަނަލް ޕްރެސް އެންޑް ޕަބްލިކޭޝަން އެޑްމިނިސްޓްރޭޝަން އިން ބުނެފައިވަނީ، ކުދިންނަށް އޮންލައިން ގޭމް ގުޅޭވޭނީ 8ން ފެށިގެން 9ށް ކަމަށެވެ.

އަދި އޮންލައިން ގޭމިންގް ކޮމްޕެނީތަކަށް އިރުޝާދު ދީފައި ވަނީ އެ ގަޑިން ބޭރުގައި ކުދިން ގޭމް ކުޅުން ހުއްޓުވުމަށެވެ.

ގޭމް ކުޅުމަށް ކަނޑައަޅާފައިވާ ގަޑިއާ އެއްގޮތަށް ކުންފުނިތަކުން އަމަލުކުރޭތޯ ބަލާނެކަމަށް އޮންލައިން ގޭމް ރެގިއުލޭޓް ކުރާ ފަރާތުން ބުނެފައިވެއެވެ.

މީގެ ކުރިން ޗައިނާގައި، ކުދިންނަށް ދުވާލެއްގެ މައްޗަށް 90 މިނިޓް އޮންލައިން ގޭމް ކުޅެވޭގޮތަށް ހަމަޖައްސާފައިވެއެވެ. އަދި ބަންދު ދުވަސްތަކުގައި ތިން ގަޑިއިރު ގޭޟް ގުޅެވޭގޮތަށް ހެދިއެވެ.

ގޭމް ގުޅެވޭ ގަޑިތައް ހަރުކަށި ކުރުމުގެ މަހެއް ކުރިން ލިޔެފައިވާ ރިޕޯޓަކުން ދައްކާގޮތުގައި، ގިނަ އަދަދެއްގެ ފުރާވަރު ކުދިން އޮންލައިން ގޭމަށް ދެވިހިފާފައިވެއެވެ. އަދި އެކަމުގެ ސަބަބުން އެކުދިންގެ ފަރާތުން ނޭދެވޭ އަސަރު ފެނެއެވެ.

comment ކޮމެންޓް