ސިއްހަތަށް ބަލާ މުވައްޒަފުންނަށް އިތުރު އެއްމަހުގެ މުސާރަ

އިންޑިއާގެ "ޒެރޮދާ" ކުންފުނިން އެތަނުގެ މުވައްޒަފުން ސިއްހަތަށް ކުރާ ލޯބި އިތުރު ކުރުމަށް ހޭލުންތެރިކުރުވުމުގެ ގޮތުން އެއް އަހަރު ދުވަހުގެ ނިޔަލަށް ސިއްޙަތު ރަނގަޅަށް ބަހައްޓާ މުވައްޒަފުންނަށް އިނާޔަތެއްގެ ގޮތުން އެއްމަހުގެ މުސާރަ އިތުރަށް ދޭން ނިންމައިފިއެވެ.

އެ ކުންފުނީގެ ސީއީއޯ ނިތިން ކަމަތު ބުނެފައިވަނީ ގިނަ ވަގުތު މަސައްކަތުގައި އުޅެންޖެހުމުގެ ސަބަބުން ކަސްރަތު ނުކުރެވި ރަނގަޅަށް ކެއުން ނުބެހެއްޓޭ ކަމަށެވެ. އެެހެންކަމުން، މުވައްޒަފުން އިތުރަށް ޝައުގުވެރިކުރުމަށްޓަކައި މިފަދަ އިނާޔަތްތައް ދިނުމަކީ މުހިންމުކަމެއް ކަމުގައި ވެސް އޭނާ ބުންޏެވެ.

ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ބާރުއެޅުމަށް އެކޮންޕެނީ އިން ހިންގާ އެ ޕްރޮމޯޝަންގެ އިތުރުން، ކޮނެމެ މަހަކުވެސް ސިއްޙަތު ރަނގަޅު މުވައްޒަފުންގެ މެދުގައި ގުރުއަތެއް ނަގައިގެން، ގުރުއަތުން ހޮވޭ ފަރާތަކަށް 10 ލަައްކަ ރުޕީސް ދޭން ވެސް ވަނީ ނިންމާފައެވެ.

އެކޮންޕެނީގެ ވެބްސައިޓްއިން އެކަން ހާމަ ކުރުމުން ވަރަށް ބޮޑު މަގުބޫލުކަމެއް ލިބިފައިވެއެވެ. އެގޮތުން ވަރަށް ގިނަ ފަރާތްތަކެއް އެކަމަށް ތަރުހީބުދީ އެގޮތަށް މުވައްޒަފުން ސިއްޙަތަށް ލޯބިކުރުވުމަކީ ވަރަށް މުހިއްމުކަމެއް ކަމަށް ބުނެފައިވެއެވެ.

comment ކޮމެންޓް