އައިފޯން 13އިން ސެޓްލައިޓް މެދުވެރިކޮށް ގުޅާލެވޭނެ!

އައިފޯން 13

ދުވަހެއް ދުވަހަކަށްފަހު ޓެކްނޮލޮޖީ އަންނަނީ މުޅި ދުނިޔެއަށް ބޮޑެތި އިންގިލާބުތައް ގެންނަމުންނެވެ. ޓެކްނޮލޮޖީގެ ދުނިޔޭގައި އެންމެ އުސް ހަރުފަތުގައި ފިޔަޖަހަމުން އަންނަ އެޕަލް ކޮމްޕެނީގެ އެންމެ ފަހުގެ އައިފޯން 13 ސީރީސް ނިކުމޭތޯ ގިނަ ބަޔަކު ތިބީ ގަންނަން ކަޅިއަޅައަޅައެވެ.

އައިފޯން 13ގެ ޚާއްސަ ފީޗަރއަކަށް ބަލާއިރު ހަރޑްވެއަރ އިން ލޯ އޯބިޓް ސެޓްލައިޓް މެދުވެރިކޮށް ފޯނަށް ކަނެކްޓިވިޓީ ލިބޭނެއެވެ. އަދި މިފޯނުން ކުރެވޭ އެންމެ ހައިރާން ކުރުވަނިވި ކަމަކީ 4G ނުވަތަ 5Gއާ ނުލައި ޓެކްސްޓް މެސެޖްކޮށް ފޯނުން ގުޅާލެވުމެވެ.

މިޚިދުމަތް ފޯނަށް ދެވޭނީ ކުއަލްކޮމް X60 ބޭންޑްޗިޕެއް މެދުވެރިކޮށް ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި މިއީ، ސެޓްލައިޓާއި ގުޅުވައިދޭ ޗިޕެކެވެ.

މި ޚިދުމަތް އައިފޯނު 13އިން ލިބޭނެ ކަމަށް އެޕަލްގެ ކުންފުނީގައި ވަރަށް ދުވަސް ވަންދެން މަސައްކަތް ކުރެއްވި އެނަލިސްޓެއް ކަމަށްވާ މިންގް ޗީ ކުއޯ ބުނެފައިވެއެވެ.

މީގެ އިތުރުން އެޕަލް އައިފޯން 13އިން ސެޓްލައިޓް މެދުވެރިކޮށް ގުޅާލެވޭނެ ޚިދުމަތް ދިނުމަށް ހަވާލު ކުރާނީ ދުނިޔޭގެ ނަންމަޝްހޫރު ސެޓްލައިޓް ގެ ޚިދުމަތްދޭ ކޮންޕެނީއެއް ކަމަށްވާ ގްލޯބަލްސްޓަރއަށް ކަމަށް ވެސް އޭނާ ބުނެއެވެ.

މިތަފާތު ޚިދުމަތަކީ މުޅި ދުނިޔެއަށް ދެވިދާނެ ޚިދުމަތެއް ކަމަކަށް އަދި ޔަގީންވެފައެއް ނުވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. އަދި މި ޚިދުމަތް ލިބޭނީ ފައިސާ ދައްކައިގެން ނުވަތަ ނުދައްކާ ކަން ވެސް ޔަގީންވެފައެއް ނުވެއެވެ. ހަމައެގޮތަށް ފަހަރުގައި، ފޭސްޓައިމަށް އަދި އައި މެސެޖަށް 4ޖީ ނުވަތަ 5ޖީއާ ނުލައި އެޚިދުމަތް ނުލިބިދާނެއެވެ.

ސެޓްލައިޓް މެދުވެރިކޮށް އައިފޯނުން ގުޅާލެވޭނެނަމަ، މިފޯނު ގަންނާނެ މީހުން ހަމަގައިމުވެސް ގިނަވާނެކަން ކަށަވަރެވެ. އަދި މިއީ އެތައް ބަޔެއްގެ އަތުން ދާ ވަރަށް ބޮޑު ޚަރަދެއް ސަލާމަތްވާނެ ކަމެކެވެ. އަދި ވަރަށް ލުއިފަސޭހަކަން ލިބޭނެ ޓެކްނޮލޮޖީގެ އުކުޅެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު