ޒައިތޫނި ތެލުން އިސްތަށި ފޭބުން މަދުކޮށްދޭ

ޒައިތޫނިތެޔޮ -- ފޮޓޯ/ގޫގަލް

ޒައިތޫނި ތެލަކީ މާ އަގުބޮޑު އެއްޗެއް ނޫނެވެ. ނަމަވެސް މާ ގިނަ ބަޔަކު ބޭނުން ކުރާ އެއްޗެއް ވެސް ނޫނެވެ. މާ ގިނަ ބަޔަކު ބޭނުން ނުކުރި ކަމުގައި ވިޔަސް މިއީ ސިއްހަތަށް ނުހަނު ގިނަ ފައިދާތަކެއް ލިއްބައިދޭ އެއްޗެކެވެ.

މި ނިމުނީއެއް ނޫނެވެ. ސިއްހަތަށް ލިބޭ ފައިދާގެ އިތުރުން ޒައިތޫނި ތެލަކީ ހަށިގަނޑު ރީއްޗަށް ބެހެއްޓުމަށް ބޭނުން ކުރެވޭނެ އެއްޗެކެވެ. އެގޮތުން ޒައިތޫނި ތެލުން އަތާއި ފައިގެ ނިޔަރޮދީގެ ހަންގަނދު ކުރަކިވުމުން ވެސް ދުރުކޮށްދެއެވެ

މީގެ އިތުރުން ޒައިތޫނި ތެލުން ފުންނާބު ފަޅަފަޅައިގެން ދިއުމުން ވެސް ދުރުކޮށްދެއެވެ.

ޒައިތޫނި ތެލަކީ އިސްތަށިގަނޑަށްވެސް ގިނަ ފައިދާތަކެއް ކުރާ އެއްޗެކެވެ. އެގޮތުން އިސްތަށިގަނޑު ދިގުވުމާއި އިސްތަށި ފޭބުން މަދުކުރުމުގައި މި ތެޔޮ އެހީވާނެއެވެ. ޒައިތޫނި ތެޔޮ ޝޭމްޕޫގެ ތެރެއަށް އަޅައިގެން ބޭނުން ކުރެވޭނެއެވެ.

ޒައިތޫނި ތެލަކީ ހަންގަނޑަށްވެސް ފައިދާ ކުރާ އެއްޗެކެވެ. މިގޮތުން ޒައިތޫނި ތެޔޮ މޫނުގައި އުނގުޅުމަކީވެސް މޫނުގެ ހަންގަނޑު ތާޒާކޮށްދޭ ކަމެކެވެ. ހަކުރު ތެރެޔަށް ތެޔޮ އަޅައިން ފޭސް ސްކްރަބްއެއްގެ ގޮތުގަވެސް ބޭނުން ކުރެވިދާނެއެވެ.

ތުންފަތް ކުރަކިވާ ފަރާތްތަކަށް ތުންފަތުގައި ކުޑަ ޒައިތޫނި ތެޔޮކޮޅެއް އުނގުޅައިން އެކަމުން ހައްލެއް ހޯދިދާނެއެވެ. އެކަމަކު ތުންފަތުގައި ޒައިތޫނި ތެޔޮ ހާކައިގެން އަތްވަށް ނުކުމެއްޖެނަމަ ތުންފަތުގެ ހަން އެނދުމުގެ ފުރުސަތު ބޮޑުވާނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު