ސަލްމާން މިސްކިތް ހުޅުވުމުގެ މަޝްވަރާއަށް ސައުދީ ވަފުދެއް ރާއްޖެއަށް

ސައުދީ އަރަބިއްޔާގެ ރަސްގެފާނު، މުހައްމަދު ބިން ސަލްމާން ދެއްވި ހިލޭ އެހީގައި މާލޭގައި ބިނާ ކޮށްފައިވާ ކިންގް ސަލްމާން މިސްކިތް – ސަން ފޮޓޯ/ ފަޔާޒު މޫސާ

ކިންގް ސަލްމާން މިސްކިތް ހުޅުވުމާ ގުޅޭގޮތުން މަަޝްވަރާކުރުމަށް ސައުދީ އިން ވަފުދެއް ރާއްޖެ ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ސައުދީ ވަފުދު ރާއްޖެ ވަޑައިގަތީ މިއަދުކަމަށެވެ.

ސައުދީއިން ރާއްޖެ ވަޑައިގަތް ވަފުދުގައި އެންމެ އިސްކޮށް ހުންނެވީ އެ ގައުމުގެ އިސްލާމިކް އެފެެއާޒްގެ އަންޑާ ސެކްރެޓަރީ އަވާދް ސަބްތީއެވެ.

މަބްރޫކް ވިދާޅުވީ މާދަމާ މިސްކިތް ހުޅުވުމާ ގުޅޭގޮތުން މަޝްވަރާގެ މަސައްކަތް ފަށާނެ ކަމަށެވެ.

އެގޮތުން ރާއްޖޭގެ ފަރާތުން މި މަޝްވަރާތަކުގައި ބައިވެރިވާނީ އިސްލާމިކް މިނިސްޓްރީއާއި ހައުސިން ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ އިތުރުން ފޮރިން މިނިސްޓްރީއާއި ރައީސް އޮފީހުގެ ފޮރިން ރިލޭޝަންސް އޮފީހުގެ އިސްވެރިންނެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އިމާރާތްކުރަން ފެށި ކިންގް ސަލްމާން މިސްކިތް ހުޅުވުމަށް މި ސަރުކާރުންވެސް މަސައްކަތްކުރި ނަމަވެސް އެކި ސަބަބުތަކާ ހެދި މިސްކިތް ހުޅުވޭ ގޮތް ވަނީ ނުވެފައެވެެ.

އެގޮތުން އެންމެ ފަހުން ނިންމާފައިވަނީ މި މިސްކިތް މި އަހަރުގެ ރޯދަ މަހަށް ހުޅުވުމަށެވެ. ނަމަވެސް ރޯދަމަހަށް މިސްކިތް ނުހުޅުވުނީ އެތަނުގެ ވަސީލަތްތައް ގާއިމްނުކުރެވޭތީ ކަމަށް އިސްލާމިކް މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފައެވެ.

comment ކޮމެންޓް