ރޭސް 2 ކުޅެން ދީޕިކާ އަލުން އެއްބަސް ވެއްޖެ

ދީޕިކާ އަނެއްކާ ވެސް ރޭސް2 ކުޅެން އެއްބަސްވެއްޖެ އެވެ.

ދީފިކާ ރޭސް2 ދޫކޮށްލުމާ ގުޅިގެން ފިލްމްގެ ޕްރޮޑިއުޝާ ރަމޭޝް ތައުރާނީ ވަނީ އެ މައްސަލަ ބޮލީވުޑްގެ ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅާފަ އެވެ.

އެމައްސަލައާ ބެހޭ ގޮތުން ކަމާ ބެހޭ ފަރާތްތަކުން ދީޕިކާއާއެކު ބޭއްވި ބައްދަލުވުންތަކަށް ފަހު، އޭނާ އެފިލްމް ކުޅުމަށް އެއްބަސްވީ އެފިލްމް ދޫކޮށްލައިފިނަމަ އޭނާއަށް މާލީ ގޮތުން ކުރިމަތިލާން ޖެހޭ ގެއްލުންތަކަށް ބާލާފައި ކަމަށް އެބައްދަލުވުމުގެ ބައިވެރިއަކާ ހަވާލާދީ ބޮލީވުޑްގެ ބައެއް ރިޕޯޓްތައް ބުނެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުންނަމަ ދީޕިކާ ރޭސް2 ކުޅުމަށް އެއްބަސްވީ ބައެއް ކަހަލަ ސަރުތުތަކެއް ކަނޑައެޅުމަށްފަހު އެވެ. ނަމަވެސް އެއީ ކޮން ޝަރުތުތަކެއް ކަމަށް ބުނެފަ އެއް ނުވެ އެވެ.

ސައިފް އަލީ ހާނާއި ދީޕިކާ ލީޑްރޯލް އަދާކުރާ ރޭސް2 ގެ މަސައްކަތް ހަ ދުވަހު ކުރުމަށްފަހު އެފިލްމްގެ ސެޑިއުލްއާ މެދު ހިތް ހަމަނުޖެހިގެން އޭނާ ފިލްމް ދޫކޮށްދިއުމުން ސައިފުގެ އިތުރުން ފިލްމުގެ ޑައިރެކްޓާ ވެސް ވަނީ އޭނާ އަށް އަނބުރާ ގެނައުމަށް ވަރަށް މަސައްކަތްކޮށްފަ އެވެ.
comment ކޮމެންޓް
ގުޅޭ ޚަބަރު