އަފްގާނިސްތާނުގެ އާންމުން ގައުމުން ބޭރަށް ދިޔުން މަނާކޮށްފި

އަފްޣާނުގެ ރައްޔިތުން އެއާޕޯޓުގައި ކިއު ޖެހިގެން --- ފޮޓޯ/ސީއެންއެން

އަފްޣާނިސްތާނުގެ އާންމު ރައްޔިތުން އެގައުމު ދޫކޮށް ދަތުރުކުރުން ތާލިބާނުން މަނާކޮށްފިއެވެ. އަފްގާނިސްތާނުގެ ވެރިރަށް ކާބުލް ތާލިބާނުގެ ބާރުގެ ދަށަށް ދިޔަ ފަހުން އެގައުމުގެ ގިނަ އަދަދެއްގެ ބަޔަކު ވަނީ ގައުމު ދޫކޮށް އެހެން ގައުމުތަކަށް ހިޖުރަކޮށްފައެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ތާލިބާނުންގެ ތަރުޖަމާނު ޒަބީހުﷲ މުޖާހިދު ވަނީ ކާބުލް އެއާޕޯޓަށް ފުރަން ގޮސް ތިބި އަފްގާނިސްތާނުގެ އާންމުން ގައުމު ދޫކޮށްލާފަ ދާން ފުރުސަތު ނުދޭނެކަމަށް ބުނެފައެވެ.

އަދި އެގައުމުގައި ތިބި އެހެން ގައުމުތަކުގެ ރައްޔިތުން ސަލާމަތްކުރުމަށް އެގައުމުތަކުން ކުރަމުންދާ މަސައްކަތްތަކަށް އިތުރު ވަގުތު ނުދިނުމަށްވެސް ތާލިބާނުން ނިންމާފައިވާކަމަށް ޒަބީހުﷲ ވަނީ ބުނެފައެވެ.

"އެއާޕޯޓަށް ދެވޭ މަގުތައްވާނިީ ބަނދުކޮށްފައި...އަފްގާނިސްތާނުގެ ރައްޔިތުންނަށް އެއާޕޯޓަކަށް ނުދެވޭނެ. ނަމަވެސް އަފްގާނިސްތާނުގައި ތިބި ބޭރު މީހުންނަށް ގައުމު ދޫކޮށްދިއުމުގެ ފުރުސަތު ލިބޭނެ." މުޖާހިދު ބުންޏެވެ.

ޒަބީހުﷲ ވަނީ އަފްގާނިސްތާނުގެ ޑޮކްޓަރުންނާއި ކިޔަވައިގެން ތިބި މީހުން ގައުމު ދޫކޮށް ދާތީ އެކަން ކުއްވެރިކޮށްފައެވެ. ތާލިބާނުން މިގޮތަށް ބުނެފައިވަނީ އެމެރިކާގެ ރައީސް ޖޯ ބައިޑެން އަފްގާނިސްތާނުގައި ތިބި އެމެރިކާ ސިފައިން އެގައުމުން އޯގަސްޓު މަހުގެ ނިޔަލަށް އެގައުމު ދޫކޮށްދާނެކަމަށް ވިދާޅުވެފައި ވަނިކޮށެވެ.

ބައިޑެންގެ މި ނިންމުމަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާއިރު ބައިޑެން ވަނީ އެ ނިންމުން ބަދަލުނުކުރާނެކަމަށް ވިދާޅުވެފައެވެ. އިއްޔެއާއި ހޯމަދުވަހު އެކަނިވެސް އެމެރިކާގެ އެމެރިކާގެ 12،700 ސިފައިން ވަނީ އަފްގާނިސްތާނު ދޫކޮށް އަބުރާ ގައުމަށް ފުރާއިފައެވެ.

އެމެރިކާގެ 5،800 ސިފައިން މިވަގުތު އަފްގާނިސްތާނުގައި މިވަގުތު އެބަ ތިއްބެވެ.

comment ކޮމެންޓް