ބޭނުންނުކޮށް ހުރި ރެވެނިޔު ސްޓޭމްޕްތަކަށް ފައިސާ ދެނީ

އޮކްޓޯބަރ 1، 2019: މީރާ އަދި ފިނޭންސް މިނިސްޓްރީ ހިންގަމުންދާ އިމާރާތް -- ސަން ފޮޓޯ/ ފަޔާޒް މޫސާ

ރެވެނިޔު ސްޓޭމްޕް ތަކުގެ ތެރެއިން ބޭނުން ނުކުރެވި ހުރި ސްޓޭމްޕްތަކަށް ރީފަންޑު ދިނުމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިން ނިންމައިފިއެވެ.

އެ ސްޓޭމްޕް ތަކަކީ މިއަހަރު ޖުލައި މަސް ތެރޭ ރެވެނިއު ސްޓޭމްޕް ބޭނުންކުރުން އުވާލުމާ ގުޅިގެން ބާކީ ބޭނުންނުކޮށް ހުންނަ ރެވެނިއު ސްޓޭމްޕްތަކަށް ދޭން ނިންމާފައިވާ ރީފަންޑު ފައިސާއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރެވެނިއު ސްޓޭމްޕް ޖެހުން އުވާލި ގާނޫނު ތަސްދީގު ކުރެއްވީ މިދިޔަ ޖުލައި މަހުގެ އެއް ވަނަ ދުވަހުއެވެ.

މީރާއިން ވަނީ ރެވެނިއު ސްޓޭމްްއަށް އަބުރާ ފައިސާ ދިނުމަށް ނިންމާފައިވާކަމަށް ބުނެ މިދިޔަ އާދީއްތަ ދުވަހު އިއުލާނެއް ނެރެފައެވެ.

ރެވެނިޔު ސްޓޭމްޕް ގާނޫނު އުވާލުމާ ގުޅިގެން ބޭނުން ނުކުރެވިވާ ސްޓޭމްޕްތަކަށް ފައިސާ ބޭނުންވާ ފަރާތްތަކުން ނޮވެމްބަރު 15 ގެ ކުރިން "ރެވެނިޔު ސްޓޭމްޕް ރީފަންޑު ކުރުމަށް އެދޭ ފޯމު" ފުރިހަމަކުރުމަށްފަހު ފޯމުގައިވާ ލިޔުންތަކަކާއެކު އެ އޮތޯރިޓީގެ ޓެކްސްޕެޔާ ސާވިސް ސެންޓަރަށް ހުށަހެޅުމަށް މީރާއިން ވަނީ އިއުލާނުގައި ބުނެފައެވެ.

އަތޮޅުތެރޭގައިނަމަ އެ އަތޮޅެއްގައި ގާއިމް ކޮށްފައިވާ މީރާގެ އޮފީހަކަށް ނޮވެމްބަރު 15 ކުރިން ހުށަހަޅަންޖެހެއެވެ.

comment ކޮމެންޓް