މާލެ ސަރަހައްދުން 48 މީހަކު ހިމެނޭ ގޮތަށް މިއަދު މުޅި ރާއްޖެއިން 134 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
އެޗްޕީއޭއިން އާއްމު ކުރި ތަފާސްހިސާބުގައިވާ ގޮތުން ފާއިތުވި 24 ގަޑި އިރު ތެރޭ ކޮވިޑަށް 6،750 ސާމްޕަލް ޓެސްޓުކޮށްފައިވެއެވެ.
އޭގެ ތެރެއިން މާލެ ސަރަހައްދުން 48 މީހެއްގެ އިތުރުން، އަތޮޅުތަކުން 77 މީހަކާއި ރިޒޯޓުތަކުން ނުވަ މީހަކު ޕޮޒިޓިވްވެފައިވެއެވެ.
މިއަދުގެ ކޭސްތަކާއެކު ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު ވަނީ 79،659އަށް އަރާފައެވެ.
އޭގެ ތެރެއިން މިވަގުތު ބަލި ޖެހިފައި ތިބީ 1،712 މީހަކަށެވެ. އަދި ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނީ 16 މީހަކަށެވެ.
މިއަދާ ހަމައަށް ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 77،713އެވެ. މި ބަލީގައި ރާއްޖެއިން މިހާތަނަށް 222 މީހުން ވަނީ މަރުވެފައެވެ.