މިއަދު ކޮވިޑަށް ޕޮޒިޓިވްވީ 106 މީހުން

މާލޭ ރަސްފަންނު ސަރަހައްދު - ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަދު މުޅި ރާއްޖެއިން 106 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން ފާއިތުވި 24 ގަޑިއިރު ތެރޭ ޓެސްޓު ކުރި 5،333 ސާމްޕަލުގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވްވީ 103 މީހުންނެވެ.

އޭގެ ތެރޭގައި މާލޭ ސަރަހައްދުން 16 މީހަކާއި އަތޮޅުތަކުން 78 މީހަކާއި ރިޒޯޓުތަކުން 12 މީހަކު ހިމެނެއެވެ.

މިއަދުގެ ކޭސްތަކާއެކު ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު ވަނީ 79،525އަށް އަރާފައެވެ.

އޭގެ ތެރެއިން މިވަގުތު ބަލި ޖެހިފައި ތިބީ 1،652 މީހަކަށެވެ. އަދި ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނީ 15 މީހަކަށެވެ.

މިއަދާ ހަމައަށް ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 77،639އެވެ. މި ބަލީގައި ރާއްޖެއިން މިހާތަނަށް 222 މީހުން ވަނީ މަރުވެފައެވެ.

comment ކޮމެންޓް