ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުގެ އެހީގައި ގެމަނަފުށީގައި ބީޓެކް ކްލާސްރޫމެއް ގާއިމްކޮށްފި

ގެމަނަފުށީގައި އަޅާފައިވާ ބީޓެކް ކްލާސް ރުމް ---- ފޮޓޯ/ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކޮމިއުނިޓީ ފަންޑުގެ އެހީތެރިކަމާއެކު ގއ. ގެމަނަފުށީ ސްކޫލުގައި ބީޓެކް ކްލާސްރޫމެއް ގާއިމްކޮށްފިއެވެ.

މިއީ ދަރިވަރުންނަށް ހޮސްޕިޓަރލިޓީ ސިނާޔަތުގެ މަސައްކަތްތައް ދަސްކުރުމުގައި އަމަލީ ތަޖުރިބާ ލިބުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ގާއިމް ކޮށްފައިވާ ކްލާސްރޫމްއެކެވެ.

ބީއެމްއެލްގެ ކޮމިއުނިޓީގެ ފަންޑުގެ އެހީ އާއެކު މި ޕްރޮޖެކްޓްގެ އަމަލީ މަސައްކަތްކޮށްފައިވަނީ ދިވެހި މަސްވެރިންގެ ޖަމިއްޔާއިންނެވެ.

މިޕްރޮޖެކްޓުގެ ދަށުން ވަނީ ބީޓެކު ކިޔަވާ ދަރިވަރުންނަށް ހިދުމަތް ދިނުމުގެ ދާއިރާ ނުވަތަ ހޮސްޕިޓާލިޓީ ދާއިރާގެ މަސައްކަތްތައް އަމަލީ ގޮތުން ތަޖުރިބާ ކުރެވޭގޮތަށް ނަކަލު ކްލާސް ރޫމެއް ގާއިމްކޮށްފައެވެ.

ގެމަނަފުށީގައި އަޅާފައިވާ ކްލާސްރޫމްގެ ތެރެއިން

މި ކްލާސްރޫމުގެ އެހީގައި ހޮސްޕިޓަލިޓީ ދާއިރާގައި މަސައްކަތައް ނުކުންނަ ދަރިވަރުންނަށް ކަސްޓަމަރުންނަށް ހިދުމަތް ދިނުމާއި، އެނދު އަޅާނެ ގޮތް ދަސްކުރުމާއި، ކެއްކުމުގެ އަސާސީ ހުނަރު ދަސްކުރުމުގެ އިތުރުން މި ގާއިމްކޮށްފައިވާ ސެޓަޕް ބަލަހައްޓައި ސާފުކޮށް މަސައްކަތުގެ އަމަލީ ތަޖުރިބާ ހޯދޭނެއެވެ.

"މި ޕްރޮޖެކްޓް ގެ އަމާޒަކަށްވީ ދަރިވަރުންނަށް މަސައްކަތުގެ ހުނަރު ދަސްކުރުމަށް ކްލާސްރޫމެއް ބިނާކޮށް މަސައްކަތް ތަޖުރިބާ ކުރުމުގައި އަމަލީ ގޮތުން ބައިވެރިވުމުގެ ފުރުސަތު ހޯދައިދީ ހުނަރު އިތުރުކުރުމާއި އެހީތެރިވުން." ޕްރޮޖެކްޓް ކާމިޔާބު ކުރި ދިވެހި މަސްވެރިންގެ ޖަމިިއްޔާގެ ރައީސް އަހުމަދު ޝާފިއު ވިދާޅުވިއެވެ.

އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ.

comment ކޮމެންޓް