ސްކޫލް ކުދިންނަށް ވެކްސިން ދިނުމުގެ އިންތިޒާމުތައް ރައީސް ބައްލަވާލައްވައިފި

ސްކޫލް ކުދިންނަށް ވެކްސިން ދިނުމުގެ ޕްރޮގްރާމް ކުރިއަށްދާގޮތް ރައީސް ސޯލިހު ބައްލަވައިލައްވަނީ --- ފޮޓޯ/ ރައީސް އޮފީސް

އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ސްކޫލް ދަރިވަރުންނަށް ކޮވިޑް-19 ވެކްސިން ދިނުމުގެ އިންތިޒާމުތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބައްލަވާލައްވަފައިފިއެވެ.

ރައީސް ސޯލިހު އަރިހުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އާއި ހެލްތު މިނިސްޓަރު އަހުމަދު ނަސީމު ވެސް ވަނީ ބައިވެރިވެޑައިގެންފައެވެ.

ސްކޫލް ކުދިންނަށް ވެކްސިން ދިނުމުގެ ޕްރޮގްރާމް ފަށާފައިވަނީ މިއަދެވެ. އެޑިއުކޭޝަން މިނިސްޓްރީއިން ވަނީ ކުރިއަށް އޮތް ދުވަސްތަކުގައިވެސް ވެކްސިން ޖަހައިދޭނެ ސްކޫލުތަކުގެ ތަރުތީބުވެސް އާންމުކޮށްފައެވެ. އެ ސްކޫލުތަކަކީ:

  • އަރަބިއްޔާ ސްކޫލް
  • އިސްކަންދަރު ސްކޫލް
  • ސީއެޗްއެސްއީ
  • މަޖީދިއްޔާ ސްކޫލް
  • ދަރުމަވަންތަ ސްކޫލް
  • ކަލާފާނު ސްކޫލް
  • ހިރިޔާ ސްކޫލް
  • ތާޖުއްދީން ސްކޫލް
  • އިމާދުއްދީން ސްކޫލް

ސްކޫލް ކުދިންނަށް ވެކްސިން ޖަހަން ފަށާފައިވާއިރު 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް ދިނުމަށް ހަމަޖެހިފައިވަނީ ފައިޒާ ވެކްސިންއެވެ.

ސްކޫލް ކުދިންނަށް ވެކްސިން ދިނުމުގެ ޕްރޮގްރާމް ކުރިއަށްދާގޮތް ރައީސް ސޯލިހު ބައްލަވައިލައްވަނީ --- ފޮޓޯ/ ރައީސް އޮފީސް

ރާއްޖޭގައި މިހާތަނަށް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް، މުޅި އާބާދީގެ 80 ޕަސެންޓު މީހުން ވަނީ ޖަހާ ނިންމާފައެވެ. އަދި އާބާދީގެ 69 ޕަސެންޓު މީހުން ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ޖަހާ ނިންމާފައެވެ.

ސަރުކާރުން ބުނީ ސަރުކާރުގެ އަމާޒަކީ މި މަހުގެ ނިޔަލަށް ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީގެ 90 ޕަސެންޓު މީހުންނަށް ވެކްސިން ދީ ނިންމުންކަމަށެވެ.

ސްކޫލް ކުދިންނަށް ވެކްސިން ދިނުމުގެ ޕްރޮގްރާމް ކުރިއަށްދާގޮތް ރައީސް ސޯލިހު ބައްލަވައިލައްވަނީ --- ފޮޓޯ/ ރައީސް އޮފީސް

comment ކޮމެންޓް