ލޮޓަސްގެ ލެވިސްޓާ ކޮފީ ލަކީޑްރޯގެ ނަސީބުވެރިންނަށް އިނާމު ހަވާލުކޮށްފި

ލޮޓަސްގެ ފަރާތުން ކުރިއަށް ގެންދިއަ ލެވިސްޓަރ ލަކީ ޑްރޯގެ ނަސީބުވެރިންނަށް އިނާމު ހަވާލުކުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ލޮޓަސް ފިހާރައިން ކުރިއަށް ގެންދިޔަ ލެވިސްޓާ ކޮފީ ލަކީޑްރޯގެ ނަސީބުވެރިންނަށް އިނާމު ހަވާލުކޮށްފިއެވެ.

އެ ޕްރޮމޯޝަނަކީ ލެވިސްޓާ ކޮފީ ދަޅެއް ގަނެ، އޭގެ މަތިގަނޑު ލޮޓަސް ފިހާރައަށް ގެންދިޔުމުން ބައިވެރިވެވޭ ގޮތަށް، ޖެނުއަރީ އެކަކުން އެޕްރީލް ތިރީހަށް އެ ފިހާރައިން ކުރިއަށް ގެންދިޔަ ޕްރޮމޯޝަނެކެވެ.

އެ ޕްރޮމޯޝަނުގެ އެއްވަނަ އަދި ދެވަނަ ނަސީބުވެރިޔަކަށްވެސް ހޮވިފައިވަނީ ނަސްރުﷲ އަހްމަދެވެ.

އެހެންކަމުން އެއްވަނަ ނަސީބުވެރިޔާއަށް ހާއްސަ ކޮށްފައިވާ 100،000 ރުފިޔާގެ ނަގުދު ފައިސާ އާއި ދެވަނަ ނަސީބުވެރިޔާއަށް ދޭން ހަމަޖެހިފައިވާ ޖީއެން ސައިކަލުވެސް ނަސްރުﷲ އަހުމަދާ ވަނީ ހަވާލުކޮށްފައެވެ.

ލޮޓަސްގެ ފަރާތުން ކުރިއަށް ގެންދިއަ ލެވިސްޓަރ ލަކީ ޑްރޯގެ ނަސީބުވެރިންނަށް އިނާމު ހަވާލުކުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެ ލަކީޑްރޯގެ ތިންވަނައަށް ހޮވުނު ފަރާތަށް ދިނުމަށް ހަމަޖެހިފައިވާ ރަށު ޕިކަޕު ލިބުނީ ޔުމްނާ އަބޫބަކުރު ނަމަކަށް ކިޔާ ފަރާތަކަށެވެ.

މީގެ އިތުރުން އެ ލަކީޑްރޯއިން ހޮވާލެވުނު 10 ނަސީބުވެރިޔަކަށް މައުންޓެން ބައިސްކަލްވެސް ހަދިޔާކޮށްފައިވެއެވެ.

ލޮޓަސް ފިހާރައަކީ އާންމުންގެ މެދުގައި މަގުބޫލް އަދި އެއްތަނަކުން ބޭނުންވާ ހުރިހާއެއްޗެއް ލިބޭ ފިހާރައެކެވެ.

comment ކޮމެންޓް